ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ކުޅިވަރުގެ ދާއިރާއަށް 90 މިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފަ- މަހުލޫފް

ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި ފަރާތްތަކާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ކުޅިވަރުގެ ދާއިރާއަށް 90 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި އެތްލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް ޓީމުގެ އެތުލީޓުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ މީގެ ކުރިން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ދެ އަހަރެއްގެ މަތިން ޖުމްލަ ހަތަރު މެޑަލް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އަހަރެއްގެ ތެރޭގައި ފަސް މެޑަލް ހޯދުމަކީ ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީއެއް ކަމަށެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސައުތް އޭޝިއަން ގޭމްސްއަށް ބެލިޔަސް އަދި ޖުމްލަކޮށް ނިމިިގެން ދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރިހުގައިވެސް ނުލިބޭވަރުގެ ކާމިޔާބީއެއް ލިބިގެން ދިޔަ އަހަރެއް ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

“ އެތްލީޓުންނަށް އިނާމު ފައިސާ ދީދީ ވެސް ދައުލަތް ދަރާހިސާބަށް ގޮސްފި. އެވަރަށް މިޙާރު މިކަން އެބަ ރަނގަޅުވޭ. އަހަރެއްގެ ތެރޭގައި ފަސް މެޑަލް ހޯދިޔަސް އެކަމުގެ ކްރެޑިޓް އަޅުގަނޑުމެން ނެތިން ނަގާކަށް. އެކަމަކު ހުރިހާ އެސޯސޮއޭޝަންތަކަށް ހުރިހާ އެތްލީޓުންނަށް ވަރަށް ސާފުކޮށް އިނގެނެ މި ސަރުކާރުގެ ސިޔާސަތު ކުޅިވަރަށް ގެންގުޅެނީ ކިހިނެތްކަން.ޓްރެއިނިންގ މުބާރާތްތަކަށް ދިއުމުގެ ކުރިން ކުރަންޖެހޭ ހަރަދުތައް ޝަކުވާއެއް ނުކުރެވޭވަރަށް ހަމަގައިމުވެސް ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ގައިމުވެސް ހަމަ ވަރަށް ހިންހަމަޖެހުމާއެކު ތިބޭނެ ކަމާއިމެދު ކުޑަކޮށްވެސް ޝައްކެއް ނުކުރަން.“

މި ސަރުކާރު ފެށިގެން އައިއިރު ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުޅިވަރުގެ ދާއިރާގައި އަންހެން ފިރިހެން ތަފާތުކުރުން ނައްތާލުން ކަމަށާއި އަދި ކުޅިވަރުތަކުގެ މެދުގައި އޮތް ތަފާތުކުރުންވެސް ނައްތާލުން ކަމަށެވެ. އެކަން މިއަދު ކާމިޔާބުވެފައިވާ ކަމަށް ވިދާޅުވިއެވެ.

“ މިއަދު ސާއިދުއަށް ލިބޭވަރު ރަފާއަށްވެސް ދީމާއަށްވެސް ލިބޭނީ. އިނާމުތަކުގައި މީގެ ކުރިން އަންހެން ކުދިންނަށް ދެބައިކުޅައެއްބައި ދިނުން އޮންނާނީ ނިމުމަކަށް ގެނެސްފަ. މިއަދު ކެރަމްއާއި އެތްލެޓިކްސްއާއި ފުޓުބޯޅައާއި ތަފާތެއް ނުކުރާނެ. އެހުރިހާ އެންމެންގެ މުސާރަވެސް ހުންނާނީ އެއްވަރުވެފަ. ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް މަދުވެގެން 5 ލައްކައޭ ރައީސް ވިދާޅުވިއަސް މިއަހަރު މިހާހިސާބަށް އައިއިރު އަޅުގަނޑުމެން 90 މިލިއަނާ ގާތަށް އަޅުގަނޑުމެން ޚަރަދުކޮށްފިން ކުޅިވަރަށް. އެއީ 200 ގުނަ އިތުރު އަދަދެއް“

ކުޅިވަރު ކުޅޭ ކުދިންނަކީ ޤައުމަށް ވަނަ ހޯދުމަށް، ދާއޮހޮރުވައިގެން ވަރަށް ބުރަ މަސައްކަތް ކުރާ ބައެއް ކަމަށާއި އެމީހުން ޤައުމަށް އެވަރުގެ ރީތި ނަމެއް ހޯދައިދޭއިރުވެސް އެހެން ޤައުމުތަކުގަިއވެސް އަގު ވަޒަން ކުރާވަރަށް ރާއްޖޭގައިވެސް އެކަން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: