ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކޭމްޕެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި، މި ޑޮނޭޝަން ކޭމްޕް ކުރިއަށްގެންދަން ނިންމީ ރާއްޖޭގެ ބްލަޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެންނެވެ. މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ބްލަޑް ބޭންކަށް ދިމާވެފައިވާ ލޭގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ލޭ ހަދިޔާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާގައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެމްބީއެސްއިން މިދިޔަ ހަފްތާގެ ތެރޭގައި ހާމަކޮށްފައިވާ ގޮތުގައި، މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޯ ނެގެޓިވް، ބީ ޕޮޒިޓިވް، ބީ ނެގެޓިވް އަދި އޭބީ ޕޮޒިޓިވް ލެޔެވެ. އެހެންކަމުން މި ކޭމްޕުގެ ސަބަބުން ތެލެސީމިއާ ކުދިންނަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ލޭ ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: