ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ނިމުނުއިރު ރިޒާވުގައި ހުރި މިންވަރު އިތުރު: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރި އަދަދަށް 17 އިންސައްތައިގެ އިތުރުވުމެއް އައިކަމަށް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މި އަހަރުގެ ތެރޭގައި އާންމުކޮށްފައިވާ ފުރަތަމަ އިކޮނޮމިކް އަޕްޑޭޓުގައި 2025 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ހުރިގޮތުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.

އެ މުއައްސަސާއިން ބުނާގޮތުން ރިޒާވުގައި ހުރި އަދަދުވަނީ ނޮވެމްބަރު 2025 ގައި 10 އިންސައްތައިން އިތުރުވެފައިކަމަށެވެ. އަދި މިއަށްފަހު ޑިސެމްބަރު މަސް ނިމުނުއިރު 17 އިންސައްތައިން އިތުރުވިކަމަށް ވެއެވެ.

މިއީ ބޭރު ފައިސާގެ މިންވަރުތައް އިތުރުވެގެންދިއުމުގެ ސަބަބުން ފާހަގަކުރެވުނު ކުރިއެރުމެއްކަމަށް މި ރިޕޯޓުގައި ވެއެވެ.

އިންފްލޭޝަންގެ އަސަރު ހުރި މިންވަރާއި ގުޅޭގޮތުންވެސް މައުލޫމާތު އާންމުކޮށްފައިވެއެވެ. މިގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި 1.4 އިންސައްތައިގައި ހުރުމަށްފަހު އަހަރު ނިމިގެންދިޔައިރު 0.4 އިންސައްތައަށް ދަށްވެގެންދިޔަކަމަށެވެ

. ޑިސެމްބަރު މަހުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އިންފްލޭޝަން ރޭޓު އުފުލުމަށް މެދުވެރިކުރީ މަހުގެ ބާވަތްތަކުގެ އަގު އުފުލިގެންދިއުމާއިއެކުކަމަށާއި އެއީ 0.43 އިންސައްތަކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: