ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ކެންޑިޑޭޓުންނަކީ، ބަސް މަދުކޮށް އަމަލުން ކަންކަން ދައްކާނެ ފަހުލަވާނުން: އަލައިކާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މާލޭގެ ރައީސާގެ މަގާމަށް އާޝިޔަތު އަލައިކާ ޢަދުނާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަކީ، ބަސް މަދުކޮށް އަމަލުން ކަންކަން ދައްކާނެ ”ފަހުލަވާނުން“ ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މާލޭގެ ރައީސާގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ ޢަދުނާން ވިދާޅުވެއްޖެއެވެ.

އަލައިކާ މިހެން ވިދާޅުވީ މިރޭ އޮތް ކެމްޕެއިން އޮފީސް ހުޅުވުމުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި، އަލައިކާ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުނަށް ފުރުސަތުތައް ހޯދައިދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އަންހެނަކަށް ކުރާ ކޮންމެ ހިތި ނުވަތަ އުފާވެރި އަސަރެއްގެ ނަތީޖާ އެންމެ ބޮޑަށް ކުރަނީ އެ މީހުންގެ ޅަދަރިންނަށް ކަމަށާއި، އެއީ ގައުމުގެ މުސްތަގުބަލާ ސީދާ ގުޅިފައިވާ ކަމެއްކަމަށް އަލައިކާ ވިދާޅުވި އެވެ.

އަލައިކާ ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްއޫލިއްޔަތާ މެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް އެ ކޮމިޓީގެ މައިގަނޑު ބޭނުމަކީ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި އަދި ފުދުންތެރި މުޖުތަމައެއް ބިނާކުރުންކަން އަލައިކާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ގައުމުގެ މުސްތަގުބަލަށް ބޭނުންވަނީ ހެޔޮ އަސަރެއްތޯ ނުވަތަ ހިތްދަތި އަސަރެއްތޯ ނިންމުމުގެ ޒިންމާ އޮތީ މިއަދުގެ ޖީލުގެ އަތްމަތީގައި ކަމަށެވެ.

އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެވެށި އަނިޔާގެ މައްސަލަކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ، އިގްތިސާދީ ގޮތުން އެހެން މީހުންނަށް ބަރޯސާވާންޖެހޭ އަންހެނުން މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ގެންގުޅޭ ”ބޯދާ ބައްޓަން“ ދޫކޮށްލަން ޖެހޭކަމަށާއި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި އަންހެން އާބާދީއެއް ބިނާކުރުމަކީ އަމާޒަކަން ވާންޖެހޭކަމަށް އަލައިކާ ވިދާޅުވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަކީ ބަސް މަދުކޮށް އަމަލުން ކަންކަން ދައްކާނެ ”ފަހުލަވާނުން“ ކަމަށް ފާހަގަކުރައްވައި އަލައިކާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކުރަންޖެހޭ ކަމަށެވެ. އަދި ގައުމެއްގެ ހައިބަތާއި އިހުތިރާމް ގުޅިފައިވަނީ އެ ގައުމެއްގެ އިގްތިސާދީ ހާލަތާއި އުފެއްދުންތެރިކަމުގެ މައްޗަށްކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: