ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާއަތަށް އުޖާލާކަން ގެނެސްދިނުމުގައި ސަރުކާރުން ސާބިތުކަމާއިއެކު ކުރިއަށްދާނެ: ރައީސް

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާއަތަށް އުޖާލާކަން ގެނެސްދިނުމުގައި ސަރުކާރުން ސާބިތުކަމާއިއެކު ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، އެތަކެއް އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތް މަސްވެރިކަމުގެ ސިނާއަތަކީ ކާބަފައިން ފޯރުކޮށްދިން އެންމެ ވަރުގަދަ ސިނާއަތެވެ. އަދި މި ސިނާއަތް ބާކީ ކުރެވި އަޅާނުލެވި އޮތް އޮތުމަށް ނިމުމެއް ގެނައީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖާއި އައިސް ޕްލާންޓްތަކުގެ މަޝްރޫޢުތައް

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ކުޑަވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގދ. ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ. މުލައް، ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ. އިހަވަންދޫ، ގދ. ފިއޯރީ އަދި ފ. ނިލަންދޫ ގައި ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަޝްރޫޢުތައް ކުރިއަށްއޮތް 15 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ގިނަ ރަށްތަކެއްގައި އައިސް ޕްލާންޓްތައް ދަނީ ޤާއިމްކުރެވެމުންނެވެ. އެގޮތުން މ. ވޭވަށް އަދި ލ. މައިބައިދޫގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށާއި، ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ ހިމެނޭހެން އިތުރު 12 ރަށެއްގައި މިއަހަރުގެ ތެރޭގައި އައިސް ޕްލާންޓްގެ ޚިދުމަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްދޯނިފަހަރު ޒަމާނީކުރުމާއި ތެލުގެ އަގު ހެޔޮކުރުން

މަސްދޯނިފަހަރުގައި އާރުއެސްޑަބްލިއު (RSW) ނިޒާމު ހަރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތަކަށް 25 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށާއި، އިތުރު 200 މަސްދޯންޏަކަށް ފައިނޭންސިންގްގެ ފުރުސަތު ހުޅުވާލެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ފުރަތަމަ ފިއުލްޝެޑް ރ. ދުވާފަރުގައި 13 ޑިސެމްބަރު 2025 ގައި ހުޅުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ”އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ޝެޑްތައް ހުޅުވިގެންދާނެ،“ ރައީސް ވިދާޅުވިއެވެ. މި ހުރިހާ ފިޔަވަޅުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: