ސްލާމްދީނުގައި ފިރިހެނަކަށް ހަތަރު އަނބިން ގެންގުޅުމުގެ ހުއްދަ ދީފައި އޮތް އޮތުމަށް ފާޑު ނުކިޔާ ކަމަށާ، އެކަމާއި ދެކޮޅަށް ވާހަކަދައްކަވާފައި ނުވާނެ ކަމަށް އެމްއާރްއެމްގެ އިންތިގާލީ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ މިފަފައިން ވިދާޅުވެފައި ވަނީ ދީނުގައި 4 އަނބިން ގެންގުޅުމަށް ހުއްދަ ދީފައި އޮތް ނަމަވެސް އެކަމަށް ނާދިރާ ދެކޮޅު ހައްދަވާކަމަށް ބުނެ މީސް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ނާދިރާ އަށް އެ ފާޑުކިޔުން އަމާޒުވީ އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމަކީ ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ނާދިރާ ކުރެއްވި ޓްވީޓެއްގައި ވަނީ އެހެން ކަމަށް ވާނަމަ ދެތިން ހަތަރު އަނބިން ގެންގުޅުމަކީ ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެއީ ފިރިހެނުންގެ ހައްގުތައް ގެއްލޭ ކަމެއް ނޫންތޯ އޭނާ ވިދާޅުވިއެވެ.
https://twitter.com/a_nadraa/status/1202136502274125829?ref_src=twsrc^tfw|twcamp^tweetembed|twterm^1202136502274125829
”އެއީ އެއްގޮތަކަށް ވެސް ދީނުގައި އޮތް ކަމަކާއި މެދު ހިތްހަމަ ނުޖެހިގެން ދެއްކި ވާހަކައެއް ނޫން. ނޫނީ ހަތަރު މީހުންނާއި އިނުން ގޯސްކޮށް ދެއްކި ވާހަކައެއް ވެސް ނޫން. އެއީ އަންހެނުންނަށް 33 ޕަރސަންޓް ހުށަހެޅުމުން ދަށްވާ ވާހަކަދެއްކުމުން ދެއްކި ވާހަކައެއް. ދީނީ ގޮތުން ދެއްކި ވާހަކައެއް ނޫން އެއީކީ. އަޅުގަނޑު ބުނީ އެކަކު ހަތަރު މީހުންނާ އިނީމަ އެހެން މީހުންނަށް ފުރުސަތު ގެއްލެނީހޭ؟ އަޅުގަނޑުގެ މިޒާޖު އިނގޭ އެންމެންނަނަށްވެސް އެނގޭނެ އެއީ އަޅުގަނޑު އެހެން ދެއްކި ވާހަކައެއް ނޫންކަން. އަދި ނުވެސް ދައްކާނެކަން.“
އިތުރަށް ވާހަކަދައްކަވަމުން ނާދިރާ ވަނީ ކައުންސިލްތަކަށް އަންހެނުން ކަނޑައަޅަން ވަކި ކޯޓާއެއް ހަމަޖެއްސުމަކީ މުހިއްމު ކަމައްކަމަށް ފާހަގަކުރައްވާފައެވެ.
އެގޮތުން މީގެ ކުރިން ވެސް ސިޔާސީ މަޤާމުތަކަށް ކަނބަލުންނަށް ކުރިމަތި ލެވޭ ވާހަކަ ދެއްކި އިރު ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ލިބެނީ ވަރަށް ޤާބިލް، ވަރަށް ތައުލީމީގެ ވެގެންކަމަށާ ފިރިހެނުންނަށް އެ ފުރުސަތު އެއަށްވުރެ ފަސޭހައިން ލިބޭކަމަށް ނާދިރާ ފާހަގަކުރެއްވިއެވެ.
އަންހެނުންގެ ބައިވެރިވުން ކަންކަމުގައި އޮތުމަކީ ކޮރަޕްޝަން ކުޑަކޮށްދޭނެ ކަމެއްކަމަށާ، ގައުމުގެ ތަރައްްޤީއަށް އަންހެނުންގެ ހިއްސާ މުހިއްމުކަމަށް ނާދިރާ ވިދާޅުވިއެވެ.

