ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ފަރާތްތަކުން ތިބީ ރާއްޖެ ބަނގުރޫޓުވުމުގެ އިންތިޒާރުގައި: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން ތިބީ ރާއްޖެ ބަނގުރޫޓުވުމުގެ އިންތިޒާރުގައިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި ރިޔާސީ ބަޔާން ދެއްވަވަން ފެށި ހިސާބުން ފެށުގެން މިހިސާބަށް އައިއިރު، އިއްޔެ އަޑުއިވިގެން ދިޔަ ބަޔާނަކީ ރާއްޖޭގެ ތަޞައްވަރު ވަރަށް ރަނގަޅަށް ބުނެދެވިގެން ދިޔަ އަދި ވަރަށް ރީއްޗަށް އަތުރާލެވިފައިވާ ރިޔާސީ ބަޔާނެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ރޭހަށް ނިކުންނެވި އިރުން ފެށިގެންވެސް އެމަނިކުފާނު މިގައުމަށް އެކި ދާއިރާތަކުން ގައުމަށް ކޮށްދޭން ބޭނުންފުޅުވެފައި ހުންނެވި ކަންކަން ވަރަށް ޞަރީހަކޮށް ކިޔާދެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2026 ވަނަ އަހަރުގެ އޭޕްރީލްއަށް ހަމަވާ ސުކޫކު އަނބުރާ އަދާކުރެވޭނެތޯ މިއީ ބައިނަލްއަގްވާމީި މާލީ އިދާރާތަކާއި މިފަދަ ކަންކަން ރައްޔިތުންނަށް ކިޔައިދޭންތިބި އެތައް ފަރާތަކުން އަދި ޖުމްލަ ގޮތެއްގައި ބޭންކިން ސެކްޓާރއާއި ރާއްޖެއާއި މެދު އެކި ނަޒަރިއްޔާއިން ބަލާ ފަރާތްތައް އުފައްދަމުން ދިޔަ ސުުވާލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒުއަށް ލިބުނު އިތުބާރާއިއެކު، އެ މަނިކްފާނު ވަރަށް ހިކުމަތްތެރިކަމާއިއެކު ހޮއްވެވުމުން އެމަނިކްފާނު ވަރަށް ކެތްތެރި ކަމާއެކު ކުރެއްވި މަސައްކަތުގެ ނަަތީޖާ ރައްޔިތުންނަށަ އި ބައްދަލުކުރީ ވަރަށް އުފާވެރި ގޮތެއގައިކަމށް މިނިސްޓަރ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ވެސް ރައީސް މިއަދުު ވަނީ ވަރަށް ޞަރީހަ އިބާރާތުން ޖަވާބުދެއްވާފައި

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސް މިއަދު ވިދާޅުވި ވާހަކައަޢި އެއްކޮށް ރާއްޖެއާއި ދޭތެރޭގައި އުންުްމީދެއް އުފެދިގެން ގޮއްސިކަމަށާއި، ރައީސުން ހޮވަނީ ހްއްލު ހޯދައިދިނުމަށް ކަމަށް ވެސް މިނިސްޓަރ ވަނީ ވިިދާޅުވެފައެވެ.

ރައީސްވާނި ވަރށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު ގޮރޮސް ރިޒާވްއެއް ހޯއްދަވާފައި ކަމަށާއި، މި ކަމާއިދޭތެރޭގައި އެހެންގޮތަކަށް ދެކުނު އެތައް ބަޔަކަށް ވަރަށް ބޮޑު އުންމީދެއް މިއަދު އޭވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ތިބީ ރާއްޖެ ބަނގުރޫޓުވުމުގެ އިންތިޒާރުގައި ކަމަށާއި، އެބޭފުޅުން ދެއްކެވި ވާހަކަތަކަށް ރައީށް ދެއްވީ ވަރަށް ރަނގަޅު ރައްދެއް ކަމަށެވެ. އަދި އެ ރައްދު ދެއްވީ ހަގީގަތް ބޭނުންކޮށްގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: