ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވެޓެރިނަރީ ސަރވިސް“ ހިދުމަތް ފުޅާ ކުރުމަށް ޕްރައިވެޓް ސެކްޓަރގެ އެހީ ބޭނުންވޭ“

ވިލިމާލޭގައި ގާއިމްކޮށްފައިވާ ވެޓް ކްލިނިކްގެ ޚިދުމަތް/ ފޮޓޯ: ވިލިމާލެ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޕްރައިވެޓް ސެކްޓާރއަށް ވެސް ޖަނަވާރުންނަށް ހިދުމަތް ދޭ ”ވެޓެރިނަރީ ސާވިސް“ ގާއިމް ކުރުމުުގެ ފުރުސަތު އެބައޮތްކަމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ”ނުވަގަޑައި ސައި މީޑިއާ އާއި އެކު“ ބައްދަލުވުމުގައި މިނިސްޓްރީގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ޝަބާއު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވެޓެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމުންގެ ފަރާތުން ޝަކުވާތައް ލިބެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމަކީ، މިނިސްޓްރީގެ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާ ޝަބާއު ވިދާޅުވީ، ވެޓިނަރީ ސާވިސްއަށް އޮތް އެއް ހައްލަކީ ޕްރައިވެޓް ސެކްޓާއިން މި މަސައްކަތް ފެށުން ކަމަށެވެ.

ޝަބާއު ވިދާޅުވީ، ވެޓްގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށެވެ.

ކްލިނިކްގެ ލޭ އައުޓާއި، ގައިޑްލައިންތައް އަދި އެ ނޫންވެސް އެކި އުސޫލުތައް ހެދުމުގައި މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެކަން ޝަބާއު ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ހުޅުވި ވެޓިނަރީ ކްލިނިކްއިން ބުޅަލުގެ އިތުރުން، ރާއްޖޭގައި ގެންގުޅޭ ގުރާ އަދި އެކި ވައްތަރުގެ ދޫނިތަކަށް ހިދުމަތް ދެއެވެ. އެހެން ނަމަވެސް، އެތަނުން އެޕޮއިންޓްމެންޓު ހޯދުމަށް ދަތިވުން ފަަދަ، ކަންކަން ވަރަށް ގިނައިން ދިމާވައެވެ.

ޝަބާއު ވެސް ވެސް ވަނީ މިވަގުތު ހުރި ވެޓް ކްލިނިކްއިން ބުޅާތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމަށް އޮންނަ ޑިމާންޑު ބޮޑުކަން ފާހަގަކުރައްވާ، ގިނަ ފަހަރަށް ވެކްސިން ދިނުމަށް ދިތިވާކަމަށް ވެސް ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާއު

”އަޅުގަނޑުމެން މިހާރު މި ހިދުމަތް ދެމުން ގެންދަނީ، ވިހާވެސް ބޮޑަށް މި ހިދުމަތް ނުހުއްޓި ކުރިޔަށް ދާނެ ގޮތަކަށް ވިސްނައިގެން“ ޝަބާއު ވިދާޅުވިއެވެ.

ވެޓިނަރީ ކްލިނިކް ގެ ހިދުމަތްތައް

ވެޓިނަރީ ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ގުޅޭގޮތުން ޝަބާއު ވިދާޅުވީ އެމްޔޫ ފައުންޑޭޝަންގެ ފަރާތުން ވެޓިނަރީ ޑިގްރީއަށް ފުރުސަތެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް އިއުލާނުކޮށް މިނިސްޓްރީގެ ސްޓާފަކު ވަރަށް އަވަހަށް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަބާއު ވިދާޅުވީ، ވެޓިނަރީ ޑިގްރީ ހެދިޔަސް އެއީ އަދި ވެޓަކަށް ވެވުނީ ނޫން ކަމަށެވެ. އެމްބީބީއެސްއެކޭ އެއްގޮތަށް މި ދާއިރާއިން ވެސް ގިނަ ދުވަހު ތައުލީމް ހާސިލު ކުރަންޖެހޭ ކަމަށާއި ވެޓަކަށް ވުމަށް ވެޓިނަރީ ސައިންސް ވެސް ކިޔަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން، މިއީ ސްޕެޝަލައިޒްޑް ދާއިރާއަކަށް ވެފައި ކުއްޖަކު ތަމްރީނުކޮށްލުމަކީ އަދި ފަސޭހަކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ހޭންޑްޒޯންކޮށް ކުރަންޖެހޭ މަސައްކަތްތަކަށް އެސިސްޓެންޓުން ތަމްރީނު ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ހިދުމަތް ފުޅާ ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެގޮތުން، ޖާގަ ބޮޑު ކުރުމަށް ސެޕްޓެމްބަރު މަހުން ފެށިގެން އެ މަސައްކަތް ކުރަމުން މި އަންނަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޖަނަވާރުންނަށް ވެސް ޕްލޭ އޭރިއާއެއް ވެސް ގާއިމް ކުރުމަށް. މި އަހަރު، އަޅުގަނޑުމެން މުޅިން އަލަށް ފިލިޕީންސްގެ ވެޓެއް އެއް އަހަރުގެ ކޮންޓްރެކްޓަކާއި އެކު މަސައްކަތް ކުރަމުން މިދަނީ.“ ޝަބާއު.

ވިލިމާލޭގައި ހުންނަ ވެޓް ކުލިނިކުން ދިރޭތަކެއްޗަށް އާއްމު ބަލިތަކަށް ފަރުވާދީ ކުދިކުދި ސާޖަރީތައް ހަދައި ވެކްސިން ދެއެވެ. އަދި ހުރިހާ ވައްތަރެއްގެ ޖަނަވާރުގެ އިތުރަށް، ޕެޓްގެ ގޮތުގައި ގެންގުޅޭ މަހަށްވެސް އެ ކްލިނިކުން ފަރުވާދެއެވެ.

”ވެޓެރިނަރީ ސާވިސް ސެންޓަރ“ ގެ ހިދުމަތް އަލުންފެށޭއިރު މިހާރަކަށް އައިސް ރާއްޖޭގައި ހާއްސަކޮން މާލޭގައި ބުޅާ ވަރަށް ގިނައެވެ. އަދި ބުޅަލުގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ފެތުރެމުންދާކަމުގެ ޝަކުވާ ބައެއް އާއްމުންދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: