ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ރިސޯޓު ހަދާ ރަށްރަށް އިއުލާނު ކުރުން އަންގާރަ ދުވަހު

ރިސޯޓު ހަދަން އަލަށް ނެރޭ ރަށްތައް އިއުލާނު ކުރުން މި މަހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު ހަދަން ހުޅުވާލާ ލިސްޓަށް އިތުރު، ތިން ރަށް އިތުރުކޮށް އަލަށް ރިސޯޓު ހަދާ ރަށްރަށް އިއުލާނު ކުރުން އަންގާރަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މި ސަރުކާރުން އަލަށް ނެރޭ ރަށްތަކުގެ ނަންތައްތައް އިއުލާނު ކުރުން، މިދިޔަ ބުރާސްފަތި ދުވަހު ބާއްވާށެވެ. ނަމަވެސް އެ ހަފުލާ މިހާރު ވަނީ އަންގާރަ ދުވަހަށް ފަސްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލަށް ނެރޭ ރަށްތަކަށް އިއުލާނު ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ރިސޯޓުތައް ނެރުން ލަސްކޮށް މި ލިސްޓަށް އިތުރު ތިން ރަށެއް އިތުރު ކުރަން ވަނީ ނިންމާފަ އެވެ. މި ބަދަލު ގެނެސްފައިވަނީ މިރަށްތައް ހިމެނޭ އެ ސަރަހައްދުތަކުގައި ރިސޯޓު ހަދާނެ ކަމަށް ބުނެ، އެމްޑީޕީން ކެމްޕޭންގައި ވައުދުވެފައިވާތީ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އަލަށް ރިސޯޓުތަކެއް ނެރުމުގެ ގޮތުން، ހާއްސަ ދިރާސާއަކާއި މި ސަރަހައްދުތަކުގެ އާއްމުންގެ ހިޔާލު ވެސް ހޯދާފަ އެވެ.

ރައްޔިތުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުން އަލަަށް ނެރޭ ރަށްތަކުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި 300 އެއްހާ މިލިއަން ރުފިޔާ ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: