ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެބަސްވެ އަރާރުން ވުމަކީ ފިނޑިވެ ބާރު ނެތިގެންދާ ކަމެއް: ހުކުރު ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދެބަސްވެ އަރާރުން ވުމަކީ ފިނޑިވެ ބާރު ނެތިގެންދާ ކަމެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ދެބަސްވެ އަރާރުން ނުވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ކެތްތެރިވުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. މިދުވަސްކޮޅަކީ ދިވެހި ރާއްޖެއަށާއި މުޅި ދުނިޔޭގައި ވެސް މުހިއްމު ކަންތައްތަކެއް ހިނގާ ދުވަސްވަރެއްކަމަށާ، ފިތުނަ ފަސާދަ ދިވެހިން ތެރެއަށް ނުވަންނާނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.

”ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޭ އޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރިކަން އާއްމު ވަމުންދާ ދުވަސްތަކެކެވެ. ސިޔާސީ ފިތުނަތަކާއި އިގްތިސާދީ ހީނަރުކަމާއި، މަޤާމާއި، ނުފޫޒާއި، ޖާހަށްޓަކާ، ހަނގުރާމަކުރުމާއި، އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރައްވާ ދުވަސްވަރެކެވެ. މިފަދަ ފިތުނަވެރިކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި އަޅުގަނޑުމެން ފަދަ ޖަޒީރާ ޤައުމުތަކަށް މިކަންކަން ވާރުތަ ނުވޭތޯ ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންެގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލާ، ފުނޑުފުނޑުވެ، ނޭނގި ތިއްބާ އިސާހިތަކު ޤައުމުގެ އެއްބައިވަންތަކަމާއި ކުރިއެރުމާއި އިގްތިސާދު ހަލާކުވެދާނެއެވެ.“

އިންސާނުންނަކީ ﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތްކަމަށްވާ ބުއްދީގެ އަހުލުވެރިން ކަމަށްވާއިރު ގެއްލުން ހުރި ފިތުނައިގެ ތޫފާނަކަށް ވަނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ހުތުބާގައިވެއެވެ. މުސްލިމުން ވާން ޖެހޭނީ އަބަދުވެސް ސުލްހައަށް މަސައްކަތް ކުރާ ބަޔަކަށް ކަަމަށާ، ޒާތީ މަސްލަހަތު ކުރިއަށް ނެރެ، ގައުމާއި މުޖުތަމައުގެ ސުލްހަ ނަގާލާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ހުތުބާގައިވެއެވެ.

ގައުމުގެ އެކުވެރިކަން ގެއްލި އުހުވަތްތެރި ކަމުގެ ކަމުގެ ފޭރާން ވީދިއްޖެ ނަމަ އަނބުރާ ކުރީގެ ހާލަތަށް ދިއުމަކީ އުނދަނގޫ ކަމެއްކަމަށް، ހުތުބާގައި ބުނެފައިވެއެވެ. އެގޮތުން ސީރިއާއާއި ސޯމާލިއާ ފަދަ ޤައުމުތަކަކީ އެކަމުގެ މިސާލެއްކަމަށް ހުތުބާގައިވެއެވެ. އަމިއްލަކަންކަން އަމިއްލައަށް ހައްލު ނުކުރާ ނަމަ އަޅުވެރިކަމުގެ ވޭނާއި ކެކުޅުމާއި ކުރިމަތިލާން ޖެހޭކަމަށް ހުތުބާގައިވެއެވެ.

މީގެ އުތުރުން އިސްލާމް ދީނުގައި ކަމުވޮށިގެންވާ މީހުންނާއި މަޝްވަރާކުރަން ލަފާދީފަވާކަން ފާހަގަކޮށް ބުނެފައިވަނީ، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: