އަމާޒަކީ ކުޅުދުއްފުށި ރާއްޖޭގެ ކޮމާޝަލް ކެޕިޓަލްއަށް ހެދުންކަމަށް ޕީއެންސީގެ ޓިކެޓުގައި ކުޅުއްދުއްފުށީ މޭޔަރު ކަމަށް ވާދަކުރާއްވާ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ޕީއެންސީން ކުޅުުދުއްފުށީގައި ބޭއްވި ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައި އިބްރާހިމް ވިދާޅުވީ މިވަގުތު ލިބިފައިވާ މި ފުރުސަތަކީ އަމާނާތެއް ކަމަށާއި، މި އަމާނާތް އަމާން އައްސޭރިއަކަށް އޭނާ ގެންގޮސްދޭނެ ކަމަށެވެ. ކުޅުއްދުފުށީގެ ޅަކުދިންނަށް ފަށާ ތައުލީމް ދިނުމަށް އޮތް ޕްލޭ ސްކޫލް ވަނީ ކުޑަވެގެން ގޮސް ކޮޓަރިއަކަށް ބަދަލުވެފައި ކަމަށެވެ. ޖީލެއްގެ ތައުލީމީ ބިންގާ ހަލާކުކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހީމް ވިދާޅުވީ ޕީއެންސީގެ ކައުންސިލެއް ދާއިރާގެ ރައްޔިތުން އިންތިހާބުކޮށްދީފި ނަމަ، ކައުންސިލްގެ ފުރަތަމަ އަހަރުގައި ޕްލޭ ސްކޫލެއް ގާއިމްކޮށްދޭނެ ކަމަށެވެ. ކައުންސިލުންދޭ ހާއްސަ އިސްކަމެއްގެ ގޮތުގައި ކުޅުއްފުށީގެ ތައުލީމް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް އިބްރާހިމް ފާހަގަކުރެއްވިއެވެ. އިންރާހިމް ވިދާޅުވީ އެކަމުގެ އަލިގަދަ އެއް ހެއްކަކީ ކައުންސިލް ޓީމުގައި ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ތިއްބެވުން ކަމަށެވެ.
”ސްކޫލްތަކުގެ ޕީޓީއޭއިން އުފުލަމުންދާ ތަކުލީފް އެނގޭ. އަޅުގަނޑުމެންގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިފައިވާނެ. މާތްﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ ކުޅުއްފުށި ސިޓީގެ ތައުލީމީ ނިޒާމް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް“
އިބްރާހީމް ވިދާޅުވީ ކައުންސިލް ކަމަށް ނިކުންނަނީ ރައްޔިތުންނަށް ހަގީގީ މަންފާ ހޯދައިދިނުމަށްޓަކައި ކަމަށެވެ. އިބްރާހިމް ވިދާޅުވީ އަމާޒަކީ ކުށުއްފުށި ރާއްޖޭގެ ކޮމާޝަލް ކެޕިޓަލްއަށް ހެދުންކަމަށެވެ. އަދި ވިޔާފާރީތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަކީ މުހިންމު އަމާޒެއް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

