ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރީ ޓްރޭޑް އެގްރީމެންޓަކީ އިންވެސްޓްމެންޓެއް ނޫން، ބޮޑު ދަރަންޏެއް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ – ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އިންވެސޓްމެންޓެއްކަމަށް ޤަބޫލު ނުކުރައްވާ  ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާގައި ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޗައިނާގެ ލޯނުތަކުގެ ސަބަބުން ދިވެހިން ދަރަނިވެރިވެފައިވާކަމަށެވެ. މީގެ އިތުރުން ޗައިނާއަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ނުސްވެރިންގެ ބައްދަލުވުމުގައި ޕީސް ޓީވީގެ ޒަރިއްޔާއިން ދިވެހިންގެ މެދުގައި މަޤްބޫލްވެފައިވާ ޑރ. ޒާކިރު ނައިކް ރާއްޖެ އަންނަން އުޅުނު ކަމަށާއި އެކަމަށް ސަރުކާރުން ހުއްދަ ނުދިނީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވއެވެ.

ރައީސް ނަޝީދުވަނީ ސަބާ ޓީވީއަށްވެސް ބަސްތީގަތުމެއް ދެއްވާފައެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަދައްކަވާފައިވެއެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: