ކުރިއަށް އޮތް ރަމަޟާންމަހާއި ގުޅުވައިގެން ވެމްކޯއިން ކުނިނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
08 ފެބްރުއަރީ 2026 އިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް ވެމްކޯއިން ވަނީ އަންގާފައެވެ.
އެގޮތުން ކުނިނެގުމަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު:
8 ފެބުރުއަރީ ވާ އާދިއްތަ ދުވަހުން ފެށިގެން ހަރޯދަ ނިމެންދެން މާލެއިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 އިން 2:00 އާއި ދެމެދުގައެވެ.
ހުޅުމާލެއިން ވެސް ހަމަ މި ތާރީޚުން ފެށިގެން ހަރޯދަ ނިމެންދެން ކުނި ނެގުމުގެ ވަގުތުތަކަށް ބަދަލު އަންނައިރު ހުޅުމާލެއިން ކުނި ނަގަން ފަށަނީ ރޭގަނޑު 9:00 ގައެވެ. އެގޮތުން 2:30 އާއި ހަމައަށް ކުނިނެގުން ހުޅުމާލޭގައި ކުރިއަށްދާނެއެވެ.
ވިލިމާލޭގެ ގޭބީސީތަކުން ރޭގަނޑު 9:00 އިން 1:00 އާއި ދެމެގު ކުނިނެގުން ކުރިއަށްދާނެއެވެ. ނަމަވެސް ވިލިމާޅޭގައި މި ތާވަލަށް އަމަލުކުރަން ފެށިގެންދާނީ މުލަ ރޯދަދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެނެވެ.
މި ގެނެވުނު ބަދަލުތަކަކީ ރޯދައަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށް ވެމްކޯއިން ހާމަކުރެއެވެ.

