ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު: ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހު!

މީގެކުރިން ބޭއްވި ކައުންސިލް އިންތިހާބެއްގެ ތެރެއިން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި އަންނަ ބުރާސްފަތި ދުވަހު ގުރުއަތު ނަގާ ގޮތަށް ނިންމައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2994 ކެންޑިޑޭޓުން ވާދަކުރާއިރު، ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ކެންޑިޑޭޓުންނަށް މާދަމާގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

ކައުންސިލް އިންތިހާބަށް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނެރެފައި ވަނީ ޕީއެންސީންނެވެ. ޕީއެންސީގެ ޓިކެޓުގައި 665 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ 495 ކެންޑިޑޭޓުންނެވެ. އަދި އެމްޑީޕީއޭގެ ޓިކެޓުގައި 31 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 8 ކެންޑިޑޭޓުންގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި 8 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރަނީ 3 ކެންޑިޑޭޓުންނެވެ.

އީސީން ބުނި ގޮތުގައި ކޮމިޝަނުން ވަނީ، އިންތިހާބުގެ އިންތިޒާމުތައް ވީހާވެސް ފުރިހަމަކޮށް ކުރިޔަށް ގެންދިއުމަށް ޝަކުވާތައް ބަލައިގަތުމާއި، މައްސަލަތައް ބެލޭނެ ގޮތް ގާއިމުކޮށްފަ އެވެ. އެގޮތުން އިލެކްޝަންސް ކޮމްލެއިން ބިއުރޯ ގާއިމުކޮށްފައިވާނެކަން ކޮމިޝަނުން ފާހަގަކުރި އެވެ.

އިންތިހާބަށް ތައްޔާރުވުމަށްޓައި، މިވަގުތު ކެމްޕެއިންގެ ހަރަކާތްތައް އެންމެ ފޯރިއާއި އެކު ކުރިޔަށް ގެންދަނީ ޕީއެންސީއާއި އެމްޑީޕީއެވެ. ދެ ޕާޓީން ވެސް ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ދަތުރުކޮށް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާތައް ބާއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: