ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ ހިދުމަތްތައް އައު އުސްމިންތަކަކަށް!

އެމްއޭސީއެލްގެ ހޯޓިކަލްޗާރގެ މަސައްކަތާއި އަދި އެއާޕޯޓުގެ ފަޔަރ ސްޓޭޝަށް ކުރި ޒިޔާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ މުހިންމު ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން އެއެކި ޑިޕާޓްމެންޓުތައް މަސައްކަތް ކުރަމުންދާއިރު، މިއީ ވަރަށް ސީރިއަސް އަދި ބުރަ މަސައްކަތްތަކެވެ. އެގޮތުން ކުންފުނީގެ ރޮސޯސަސް އާއި ވަސީލަތްތައް އިތުރުކޯށް ޒަމާނީ ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނވެ.

އެމްއޭސީއެލްގެ ބައެއް މަސައްކަތްތައް ދައްކާލުމާއި އަދި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރަމުހްދާ ގޮތް އެކުންފުނިން ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އެމްއޭސީއެލްގެ ހޯޓިކަލްޗާރގެ މަސައްކަތާއި އަދި އެއާޕޯޓުގެ ފަޔަރ ސްޓޭޝަށް ކުރި ޒިޔާރާތުގައި އެ ތަންތަނަށް އައިސްފައިވާ ބޮޑެތި ބަދަލުތަކައި، މަސައްކަތް ކުރުމުގެ ގޮތްތައް ވަނީ ދައްކާލާފައެވެ.

އެމްއޭސީއެލްގެ ހޯޓިކަލްޗާގެ މަސައްކަތްތައް:

އެގޮތުން އެމްއޭސީއެލްއިން އެ ކުންފުނީގެ ހޯޓިކަލްޗަރ ގެ މަސައްކަތްތައް ވަނީ ހިއްސާ ކޮށްފައެވެ. އެ ސެކްޝަނަކީ އެއާޕޯޓު ފެހި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސެކްޝަނެކެވެ. މިކަމުގެ މައުލޫމާތު ހިއްސާ ކުރައްވާ އެކުންފުނިން ބުނެފައިވަނީ އެ ސެކްޝަންގެ ޓީމު ބެހިފައި އޮންނަނީ ދެބަޔަކަށް ކަމަށެވެ.

އެމްއޭސީއެލްގެ ހޯޓިކަލްޗަރގައި ހައްދަމުންދާ ބައެއް ގަސްތައް

އެގޮތުން އެއްބަޔަކީ ނާސަރީ ބެލެހެއްޓުމާއި އަދި އަނެއް ބަޔަކީ ޓާމިނަލްގައި ހުރި ގަސްތަކާއި އަދި އެއާޕޯޓުގެ ގަސްތައް ބެލެހެއްޓުން ކަމަށެވެ. އެ ކުންފުނިން ބުނެފައިވަނީ އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ޕެސްޓު ކޮންޓްރޯލް ކުރުމާއި، ދިމާވާ އެކި ހާދިސާތަކަށް އެޓެންޑު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

އެ ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ 24 ގަޑީރު އޮން ކޯލްގައި ތިބެންޖެހޭ ބައެކެވެ. ޖުމްލަކޮށް ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ރޫޓިންގއެއްގެ ގޮތުގައި ގަސްތައް ޗެކް ކުރުމާއި، ބަދަލުކުރަން ޖެހޭ ގަހެއް ހުރިނަމަ އެކަން ވެސް މުވައްޒަފުން ކުރަމުން ގެންދެއެވެ. އަދި މިހާރު އައު ޓާމިނަލްއާއި އެކު އެކަންކަން އިތުރުވި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

20،000 އަކަފުޓޫގެ އެ ނާސަރީގައި 10،000 އަށް ވުރެ ގިނަ ވައްތަރު ގަސް އެކުންފުނިން ގެންދަނީ ހައްދަމުން

އެތަނުގައި މިހާރުވެސް މުވައްޒަފުންގެ ދަތިކަން އޮތީ ދިމާވެފައެވެ. ކުރާ މަސައްކަތާއި އަޅާ ބަލާއިރު، ކުޑަ ޓީމަކުން ބައިވަރު އަދި ބުރަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 20،000 އަކަފުޓޫގެ އެ ނާސަރީގައި 10،000 އަށް ވުރެ ގިނަ ވައްތަރު ތަކުގެ ގަސް އެ ކުންފުނިން އަންނަނީ ހައްދަމުންނެވެ. އެ ކުންފުނިން ގަސް ހެއްދުމާއި، ގަހުން ގަސް އިތުރު ކުރުމުގެ މަސައްކަތާއި، އެކި އެކްސްޕެރިމެންޓުތައް ހެދުމާއި އެފަދަ ކަންކަން ކުރެއެވެ.

އެއާޕޯޓުގެ ފަޔަރ ސްޓޭޝްގެ މަސައްކަތް

އެއާޕޯޓުގެ ފަޔަރ ސްޓޭޝަންގެ މައުލޫމާތު ދެމުން ބުނެފައިވަނީ، މިވަގުތު ބައިނަލްއަގުވާމީ މިނަގަނޑުތަކާއި، އަދި އެއާޕޯޓުގެ މިންގަނޑުތަކަށް ބަލާއިރު ބޭނުންވާ މިންވަރަށް ވަސީލަތްތައް ހުރި ކަމަށެވެ. އަދި އެއާޕޯޓުގައި ހާދިސާއެއް ދިމާވާ ހާލަތުގައިވެސް އެކަމަށް އެއްވެސް މަޑުޖެހުމެއް ނައިސް، މާލެއަށް އެ ސްޓޭޝަންގެ ރިސޯސަސް ފޯރުކޮށްދެވޭނެ ވަރުގެ ކެޕޭސިޓީ ހުރިކަން އެ ސްޓޭޝަނުން ވަޏީ ފާހަގަކޮށްފައެވެ.

އެއާޕޯޓުގެ ފަޔަރ ސްޓޭޝަންގެ ޒަމާނީ އުޅަނދުތައް

”އަޅުގަނޑުމެންގެ އޮޕަރޭޝަންއަކީ ވަރަށް ޑައިވާސް އޮޕަރޭޝަންތަކެއް. އެކަމަކަށް މިއަންނަނީ އެއާޕޯޓު ފަޔަރއެންޑް ރެސްކިޔުގެ ދަށުން މި އަންނަ އޮޕަރޭޝަންސް. ވިޗް އިޒް ދަ ފަސްޓް ރެސްޕޮންޑަރސް. އެއާޕޯޓުގައި ދިމާވާ ހުރިހާ އަލިފާނުގެ ހާދިސާތަކާއި، އެއާކްރާފްޓް ރިލޭޓެޑް އެމަޖެންސީތަކާއި، މެޑިކަލް އެމަޖެންސީތަކުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާނީ މި ޓީމު“

މި މައުލޫމާތުދެމުން އެ ސްޓޭޝަނުން ބުނެފައިވަނީ އެއާޕޯޓުގައި، ރަންވޭގައި ހިނގާ ހާދިސާއެއް ނަމަ އެންމެ ލަސްވެގެން 3-4 މިނެޓާއި ދެމެދު ވަގުތެއްގައި އެޓެންޑުކުރެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދަށް 10 ވަރަކަށް މިނެޓު ތެރޭގައި އެޓެންޑު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ފަޔަރ ފައިޓަރުން ބޭނުންކުރާ ސޫޓްތައް

އެއާޕޯޓުގެ ފަޔަރަ ސްޓޭޝަންގެ މަސައްކްތ އިތުރަށް ހަލުވި ކުރުމަށްޓަކައި، އަދި ވަސީލަތްތައް އިތުރު ކުރުމަށްޓަކައި އަންނަ މާޗު މަހުގައި އިތުރު ދެ އުޅަނދު ލިބިގެންދާނެ ކަމަށްވެސް އެ ސްޓޭޝަނުން ވަނީ ބނުެފައެވެ. އަދި މީގެއިތުރަށް ކަނޑަުމަތީގައި ދިމާވާ ކަންކަމަށް އެޓެންޑު ކުރުމަށްވެސް ވަކިން ހާއްސަ ކޮށް ދެ އުޅަނދު އަބަދުވެސް އޮންނާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: