ޗައިނާއާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަަކަތަކަކީ ސަމާލުކަން ހޯއްދަވަން ދައްކަވާ ވާހަކަތަކެއްކަމަށާ އެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް، ރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.
ސަފިރު މިފަދައިން ވިދާޅުވީ ރައީސް ނަޝީދު ޗައިނާއުޅެނީ ރާއްޖެ ދަރަނިވެރިކރުުވަން ކަމަށް ބުނެ އިންޑިއާގެ މީޑިއާއަށް މައުލޫމާދެއްވަމުން، ދައްކަވާފައިވާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ޗައިނާ ސަފީރުވަނީ މިކަމާއި ގުޅިގެން ފަސް ޓްވީޓެއް ކުރައްވާފައެވެ. ސަފީރު ވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ދޭދޭ ޤައުމުތަކަމާއި މެދު ވާހަކަދެއްކުމުގައި މިހާރަށް ވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ޗައިނާ އިން ރާއްޖޭގެ ބިން ޖަހައިގަނެފައުވޭތޯ ސުވާލުކުރައްވާފައެވެ.
ޗައިނާއިން ރާއްޖޭގައި ކުރި އިންވެސްޓްމެންޓަކީ އެހެން ޤައުމުތަކުގައި ވެސް ކޮށްފައިވާ ފަދަ އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/AmbassadorZhang/status/1205546713034813441
ސަފީރު ވިދާޅުވީ ޗައިނާއަކީ ދަންތުރައެއް ނޫންކަމަށާ، ޗައިނާއަކީ އެކި ކަންކަމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އަދި ޓޫރިޒަމް އިޝްތިހާރުކުރުމުގައި ޗައިނާއަކީ ރާއްޖެ އަށް އޮތް އެންމެ ބޮޑު ވަސީލަތްކަން ފާހަގަކުރެއްވި އެވެ.މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިހާތަނަށް އިންވެސްޓްކޮށްފައިވަނީ ޗައިނާގެ ވަރަށް މަދު އަމިއްލަ ކުންފުނިތަކެއް ކަމަށް ވާއިރު އެ ތަންތަން އަދި ނުހުޅުވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/AmbassadorZhang/status/1205547091818237953
ޗައިނާ ސަފީރު ކުރެއްވި އިތުރު ޓްވީޓެއްގައި، ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭގޮތުން ސަފީރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުން އިހުތިޔާރުކުރާނީ އެންމެ ރަނގަަޅު ގޮތަށް ކަމަށް ގަބޫލްކުރާ ކަމަށެވެ. އެ އެއްބަސްވުން ގާއިމްކޮށްފައި ވަނީ އެތައް އަހަރެއްވަންދެން ދެ ގައުމުން ކުރި މަޝްވަރާތަކަށްފަހު ކަމަށް ވިދާޅުވި އެވެ.
https://twitter.com/AmbassadorZhang/status/1205547518446096384
މީގެ ކުރިން ވެސް ޗައިނާއާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެ ދެ ބޭފުޅުން ސޯޝަލް މީޑިއާގައި ހޫނު ޒުވާބަކަށް ދިޔަ އެވެ.
ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ – ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އިންވެސްޓްމެންޓެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާގައި ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޗައިނާގެ ލޯނުތަކުގެ ސަބަބުން ދިވެހިން ދަރަނިވެރިވެފައިވާކަމަށެވެ.
މީގެ އިތުރުން ޗައިނާއަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

