ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ތަރައްގީ ގެނެވުނީ އެމްޑީޕީއަށް އެކަނި، އެ ހުރިހާ ހިދުމަތެއް ދަނީ ހުއްޓެމުން: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމަށް އިތުބާރުކުރާ ނުވަތަ އެ ނިޒާމު ދަންނަ ބައެއް ނޫން ކަމަށާއި، އެ ޕާޓީގެ ސިޔާސަތަކީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރޭ އެމްޑީޕީ ކުރިޔަށް ގެންދިޔަ ޖަލްސާއެގައި ރައީސް ސޯލިހު ވިދާޅުވީ، މިހާރު އުވާލާފައިވާ ޕީޕީއެމްގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ވަރަށް ސާފުކޮށް ތަކުރާރު ކުރައްވަމުން ގެންދެވި ކަމަށެވެ. އަދި އެއަށް ފަހު އެ ސަރުކާރުގައި ވެސް ތިއްބެވި ޕީއެންސީގެ ތެރެއިންނާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ފެންނަމުން ދަނީ އެ ސިޔާސަތު ތަންފީޒު ކުރަމުންދާ މަންޒަރުކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕީއެންސީ އާއި ލާމަރުކަޒީ ނިޒާމާ އެއްވެސް ގުޅުމެއް ނެތްކަމަށާއި، ފާޅުގައި މުޅި ނިޒާމަށް ދެކޮޅު ހަދައި ވާހަކަ ދައްކާ މަންޒަރު ރައްޔިތުންނަށް ދަނީ ފެންނަމުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަކީ އަތޮޅު ކައުންސިލްތައް އުވާލާ، ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް، މި ނިޒާމު އެއްކޮށް ނައްތާލުން ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވަންޖެހޭ ސަބަބަކީ ލާމަރުކަޒީ ނިޒާމު ދަންނަނީ ހަމައެކަނި އެމްޑީޕީއަށް ވާތީ ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ، އެ މެމްބަރުން ކުރާނެ ހަމައެކަނިކަމަކީ ރައީސް މުއިއްޒު ވިދާޅުވާ ކަމެއް ކުރުންކަމަށާއި، އޭގެ ސަބަބުން ރަށްރަށުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީ ގެނެސް ރައްޔިތުން އެދޭ ބަދަލު ފެނުނީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން ލަފާފުރުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމާއި އެކު ސިއްހީ ނިޒާމު އެތައް ގުނައަކުން ހަރުދަނާ ކުރެވުނުކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ހިދުމަތްތައް ހުއްޓި، އެތައް ފިޔަވަޅެއް ފަހަތަށް ދާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑުމެންގެ ވެރިކަމުގައި ރާއްޖޭގެ ކަންކޮޅުތަކަށް ގެނައި ތަރައްގީ ތިބޭފުޅުންނަށް ފެންނާނެ. ލަފާފުރުމާއި، ފެނާއި ނަރުދަމާ އަދި ސިއްހީ ނިޒާމު ވަރުގަދަކޮށް، ރަށްރަށަކީ މީހުން ދިރިއުޅެވޭނެ ތަންތަނަށް ހެދީ އަޅުގަނޑުމެން. ނަމަވެސް މިއަދު މިވަނީ ހުރިހާ ކަމެއް ހުއްޓުމަކަށް އައިސްފައި

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ބޮޑެތި ވައުދުތައްވުންކަމަށާއި، ބައެއް ތަންތަނުގައި ބިންގާ އެޅުމަށްފަހު އެތަންތަނަށް ވާނުވާއެއް ނޭނގޭ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ހުރިހާ ރައްޔިތުން ވެސް ނޫނެކޭ ބުނަން ޖެހޭކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: