ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަަހަރީ ކޭޝް ފްލޯ ހުށަނާޅާނަމަ، އަހަރީ ބަޖެޓު ނުލިބޭނެ!

އަަހަރީ ކޭޝް ފްލޯ ހުށަނާޅާނަމަ، އަހަރީ ބަޖެޓު ނުލިބޭނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ދައުލަތުގެ އޮފީސް ތަކުން ބަޖެޓު، ބޭނުންކުރި ގޮތުގެ އަަހަރީ ކޭޝް ފްލޯ މި މަހު ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއިން އަންގައިފިއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކުން ގައުމީ ތަރައްގީގެ އޮނިގަނޑަށް ބިނާކޮށް ކޮންމެ މާލީ އަހަރެއްގައި ތައްޔާރުކުރާ ބަޖެޓުގެ ކޭޝްފްލޯ ޕްލޭން ތައްޔާރުކޮށް އެތަނެއްގެ އަހަރީ ބަޖެޓާ އެކު މިނިސްޓަރަށް ހުށަހަޅަން ވާނެ ކަމަށެވެ.

މިނިސްޓްރީއިން މުވައްސަސާތަކަށް ފޮނުވާފައިވާ ސާކިއުލާގައި ވާގޮތުން ބަޔާން ހުށަހަޅަންޖެހޭނީ މި މަހުގެ 23 ގެ ކުރިންނެވެ. ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ ހަރަދުތަކަށް ޒިންމާ ވުމުގެ ގާނޫނުގައި ވާ ގޮތުގެ މަތީން، ބެޖެޓުގެ ކޭޝް ފްލޯ ތައްޔާރުކުރުމަށް ބަޖެޓުގެ ޑިސްބަސްމަންޓު ޖަދުވަލުތައް ވެސް ތައްޔާރު ކުރަންޖެހޭނެ ކަމަށެވެ. އެ ބަޔާން ހުށަހަޅަންޖެހޭނީ މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށެވެ.

މިނިސްޓްރީއިން ވަނީ ދައުލަތުގެ އެންމެހާ އޮފީސްތަކުން އަހަރީ ކޭޝް ފްލޯ ތައްޔާރު ކުރަންޖެހޭނެކަން ފާހަގަކޮށްފައެވެ. އަދި 2020 ވަނަ އަހަރަށް އެ މުވައްސަސާއަކަށް ކަނޑައަޅާފައިވާ ބަޖެޓު އުސޫލާއި އެއްގޮތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރިޕޯޓު މިނިސްޓްރިއަށް ހުށަަހަޅައިގެން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

”މިގޮތުގެ މަތިން 2020 ގެ ބަޖެޓް ޑިސްބާސް ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުން މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭން އާއި އެއްގޮތްވާ ގޮތުގެ މަތިން މަހުން މަހަށެވެ،“ ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކޮށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެެއް ފާސްކޮށްދީފަ އެވެ.

މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: