ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރީގެ މެއިލްތައް ބޭނުންކޮށްގެން ސްކޭމްތައް ހިންގާތީ ސަމާލުވާން އެދިއްޖެ

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރި މެއިލް ބޭނުންކޮށްގެން ސްކޭމްތައް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ކުރުމުގައި އީމެއިލްއަކީ އެންމެ އަސާސީ އެއް ވަސިލަތްކަމުގައި ވެފައިވާއިރު ކުށްވެރިން ނަހަމަ ގޮތުގަަައި މި ވަސީލަތް ބޭނުންކުރާ ކަމަށެވެ.

މިގޮތުން ވަކިން ޙާއްސަކޮށް ބިޒްނަސް އީމެއިލް ކޮމްޕްރަމައިޒް (ބީއީސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށް ނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރާ އެއް އުކުޅުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ ކުންފުނިތަކުގެ ވެރިންގެ ނަމުގައި އަވަހަށް ޖަވާބު ދިނުމަށް އެދި ފޮނުވާ ހުރިހާ މެސެޖުތަކަކީވެސް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މެސެޖުތަކެއްކަމަށެވެ. އަދި މިފަދަ މެސެޖުތަކަށް އާންމުން ހޭލުންތެރިވެ ސަމާލުވުމަށް ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ މިފަދަ ގޮތް ނޭނގޭ ލިންކުތަކަށް ނުފިއްތުމަށް އެދިފައެވެ. މީގެ ބަދަލުގައި އެ ކުންފުންޏެއްގެ ރަސްމީ ނަމްބަރަށް ގުޅައި ކަށަވަރުކުރުމަށް ފުލުހުންވަނީ އެދިފައެވެ. މީގެ އިތުރުންވެސް ނުދަންނަ މީހަކު ފޮނުވާ އެޓޭޗްމަންޓެއް އެއްވެސް ޙާލެއްގައި ނުހުޅުވުމަށާއި ހުރިހާ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހަދާފައި ބަހެއްޓުމަށާއި ފައިސާގެ މުއާމަލާތެއް ނުވަތަ އެކައުންޓް ނަންބަރު ބަދަލުކުރަން ބުނެފިނަމަ، އެ ފޮނުވި ފަރާތަކަށް ފޯނުން ގުޅައި (އީމެއިލްގައިވާ ނަންބަރު ނޫން، ކުރިން ގުޅުމަށް ބޭނުންކުރި ނަންބަރަށް ގުޅައި) އެކަން ޔަގީންކުރަން އަންގައިފައެވެ.

ކުށްވެރިން އާންމުކޮށް މިފަދަ އީމެއިލްތައް ފޮނުވަނީ ތިބާ ދަންނަ އިތުބާރު ހިފޭ މީހަކަށް ހެދިގެން، ކުންފުނީގެ ވެރިން ނުވަތަ ސަޕްލަޔަރުންގެ ނަމުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ މަކަރުވެރި އަމަލުތަކުން ސަލާމަތްވުމަށްޓަކައި، މީސް މީޑިއާގައި އަމިއްލަ މައުލޫމާތު ހާމަނުކުރުމަށް ފުލުހުން އިރުޝާދު ދެއްވިއެވެ. އަދި އީމެއިލް އެޑްރެހުގައި އެއްވެސް ތަފާތެއް ހުރިތޯ ރަނގަޅަށް ޗެކް ކުރަންވެސް އަންގާފައިވެއެވެ.

މީގެ އިތުރުން ނުދަންނަ މީހުން ފޮނުވާ ފައިލްތައް ޑައުންލޯޑް ނުކުރުމަށާއި، އެއްވެސް ކަމަކާ މެދު ޝައްކު އުފެދޭނަމަ ރަސްމީ ފޯނު ނަންބަރަކަށް ގުޅައިގެން މައުލޫމާތު ކަށަވަރުކުރުމުގައި ސަމާލުކަން ދިނުމަށްވެސް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ.

އަދި ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ބެންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރުމަށްވެސް ފުލުހުން އެދިފައި ވެއެވެ. އަދި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅައި އެކްސްޓޭންޝަން ނަންބަރު 2020 އަށް ރިޕޯޓުކުރަން ފުލުހުން ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްކޭމްގެ 179 މައްސަލައެއް މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެކަނި ވެސް ރިޕޯޓް ކުރެވިފައިވާ ކަމަށާއި، މި މައްސަލަތަކުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މީގެ ކުރިން ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: