ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ގަބޫލެއް ނުކުރޭ، ވޯޓު ދީގެން ލިބޭނީ ގެއްލުން: ސޯލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ލިބޭ ހާލަތެއްގައި، މުޅި ނިޒާމު އެއްކޮށް ހަލާކުކޮށް ފުނޑާލުމަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ށ. ފޯކައިދޫގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން ނިކުތީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީން ދަސްކޮށްދެނީ ރަށްތައް ރައްޔިތުން އިންތިހާބު ކުރާ ބައެއްގެ އަތްމަތީގައި އޮވެގެން ހިންގުމަށް ކަމަށެވެ. މިއީ މިއަދު ރަށްތަކަށް ބޭނުންވެފައިވާ އެންމެ މުހިންމު އެއް ސިޔާސަތަށްވާއިރު، އެމްޑީޕީ ކުރަން ބޭނުންވާ މަސައްކަތަކީ އެއީކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރެވޭނީ ރަށްތައް ތަރައްގީ ކުރެވިގެން ކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލުކުރާކަމަށާއި، ޒަމާނުއްސުރެ ރާއްޖޭގައި އޮތް ”މާލެ ވަށާ އެނބުރޭ އިގްތިސާދު“ ބަދަލުނުކޮށް ގައުމަށް ކުރިއެރުމެއް ނުލިބޭނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ބުނަނީ ރަށްތައް ހިންގަންވާނީ ރައްޔިތުން އިންތިހާބު ކުރާ ބައެއްގެ އަތްމަތީގައި އޮވެގެން… މިއީ އަހަރުމެން ކުރަން މިއުޅޭ ކަމަކީ. މިއީ އެމްޑީޕީގެ ސިޔާސަތެއް. ފެށުނީއްސުރެ އެމްޑީޕީ ވަކާލާތު ކުރަމުން އަންނަ ކަމެއް. އަބަދުވެސް ގަބޫލު ކުރަމުން އައީ މި ދިވެހި ރާއްޖެ ތަރައްގީ ކުރެވޭނީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެވިގެން.

މި މަސައްކަތަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފެށި މަސައްކަތެއް ނަަމަވެސް، ތިން އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވެގެން ދިޔައީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން ހިންގި ބަޣާވާތަކާ ގުޅިގެން އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުންކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއަށް ފަހު އޭރު ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން ވެރިކަމާއި ހަވާލުވުމަށް ފަހު މަޑުމަޑުން ލާމަރުކީ ނިޒާމު ހުއްޓުމަކަށް އައިސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޅުގައި ނިޒާމާއި ދެކޮޅަށް މަސައްކަތް ކުރެއްވިކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއީ ރާއްޖެއަށް ހެޔޮވަރު ނުވަތަ ބޭނުންވާ ނިޒާމެއް ނޫންކަމަށް ބުނެ، ރައީސް ޔާމީން ތަކުރާރުކޮށް ވާހަކަފުޅު ދެއްކެވިކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިއަދު ވެރިކަމުގައި އޮތް ޕީއެންސީ އިންވެސް ތަންފީޒު ކުރަމުން ދަނީ ހަމަ އެ ސިޔާސަތުކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: