ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކުގެ ބެކްލޮގް ވިލަރެސްކުރުމަށް ޙާއްސަ ޓާސްކްފޯހެއް އެކުލަވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފު ނުލިބި ލަސްވެފައިވާ މައްސަލަތައް ނުވަތަ ކޯޓުތަކުގެ ބެކްލޮގް ވިލަރެސްކުރުމަށް ޙާއްސަ ޓާސްކްފޯހެއް އެކުލަވާލާނެކަން އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޣަނީ ފާހަގަކުރެއްވި ގޮތުގައި، މި ޓާސްކްފޯހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބެކްލޮގްގައި ހުރި މައްސަލަތައް ނުނިމި ދިގުލައިގެންދާ ސަބަބުތައް، ކަމާބެހޭ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ފަރާތުން އޮޅުންފިލުވައި، އެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމެވެ. އަދި މައްސަލައެއް ނުނިމި ލަސްވަނީ ދައުލަތުގެ އިދާރާއެއްގެ އެއްބާރުލުން ނުލިބިގެން ކަމަށްވާނަމަ، އެ މުއައްސަސާއަކާ މަޝްވަރާކޮށްގެން އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކޯޓުތަކުގައި އެކި ސަބަބުތަކާހުރެ ނުނިމި ލަސްވަމުންދާ 13,032 މައްސަލަ ބެކްލޮގްގައި ހުރިކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ އެންމެ އިސް އަމާޒަކީ މި މައްސަލަތަކަށް އަވަސް އިންސާފެއް ހޯދައިދިނުންކަމުގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރު އަލަށް ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ 21,000 އަށްވުރެ ގިނަ މައްސަލަތައްވެސް، އެއްވެސް މެދުކެނޑުމެއް ނެތި އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވެސް އުއްތަމަ ފަނޑިޔާރު ހާމަކުރެއްވިއެވެ.

ކޯޓުތަކުގެ ބެކްލޮގު ފިލުވުމަށް ކުރާ ކޮންމެ މަސައްކަތަކާއި ކޮންމެ އީމެއިލަކާއި ފޯނުކޯލުތައް ވަކިން ލޮގުކޮށް، ބެލެހެއްޓޭނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.  އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަމާޒަކީ 2026 ވަނަ އަހަރު ނިމޭއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ބެކްލޮގްގެ މައްސަލަތަކުން ސަލާމަތްވެފައިވާ، ހަރުދަނާ އަދި ޒިންމާދާރު ދާއިރާއަކަށް ވެގެން ދިއުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: