ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމަށް، އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސުނާމީ ބިނާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައި ވަނީ މާލޭ ސްކޭޕިންގ މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް އެ ހިދުމަތުން ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުގެ 18:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އެދިފައެއެވެ.

ސުނާމީ ބިނާގެ މައިޒާން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެސަރަހައްދުގެ މަރާމާތުގެ މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް މިހާރުވަނީ އެތަނުގެ މަރާމާތުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.

އެ ސަރަހައްދުުގެ މަރާމާތުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކުރީ މީގެ 2 މަސް ކުރިން ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސުނާމީބިނާގެ މަސައްކަތް ނިންމާލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: