ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަޑުބަޑުވެފައިވާ ނިޒާމްތައް އިސްލާހުކުރުމަކީ އަޅުގަނޑަށް އެނގޭ ކަމެއް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ގަނޑުބަޑުވެފައިވާ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތަކީ އާއްމުގޮތެއްގައި، އެނގިވަޑައިގަންނަވާ މަސައްކަތެއްކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

”ވިޔަފަތި“ ކައުންސިލް ރައީސުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމް އިސްލާހުކުރުމަކީ ސަރުކާރާއި، ރައީސްގެ ވެސް ވައުދުފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލްތަކުގެ ސަބަބުން، ދިވެހީންގެ ދިރިއުޅުމާއި ފުއްދުންތެރިކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު އެއްވެ މިތިބީ ދިވެހި ރައްޔިތުންގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދު ފުއްދުމަށް. ވަޑައިގެން ތިއްބެވި އެންމެހާ އިއްޒަތްތެރީން ރައީސުލްޖުމްހޫރިއްޔާގެ އަދި ސަރުކާރުގެ ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް ގެނައުމަށް އަމާޒަކަށްވީ ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމް އިސްލާހު ގެނައުން. އާއްމު ގޮތެއްގައި އަޅުގަނޑަށް އެނގޭކަމެއް އެއީ. އިގްތިސާދީ ހައިސިއްޔަތު ކައުންސިލްތަކަށް ފަހިކޮށްދިއުމާއި އެކު ކައުންސިލްތަކުގެ ގާބިލްކަމާއި ޒިންމާދާރުކަން ބޮޑުކޮށްދިނުން. ހަމަހަމަކާއި އެކު ޚިދުމަތް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރަކާތްތެރި، ފުއްދުންތެރި ކައުންސިލްތަކެއް އުފެއްދުން ”

19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ނިޒާމަށް ދާދިފަހުން ބަދަލުތަކެއް ގެނައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ބަދަލުތަކުގެ ސަބަބުން، މައި ސަރުކާރާއި ރަށްތަކާއި ވަކިން ހިންގޭނެ ކަމަށެވެ. އަދި މާލީ ބާރުވެރިކަން ކައުންސިލްތަކަށް ލިބުމުގެ އިތުރުން ރައްޔިތުންގެ ހިއްސާ ކައުންސިލްތަކުގައި ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަރަނިވެރި ނުވެ ރިވެތި ދިރިއުޅުމެއް އުޅުމަކީ ރައްޔިތުން ކުރާ އުއްމީދެއްކަމަށާ އެކަން ކުރެވޭނީ ވަކި ވަކި ރަށްތައް ބާރުވެރިވެގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ލާމަރުކަޒީ ނިޒާމް ހިފަހައްޓާ އޮއްބާލާފައިވާ ކަމަށް ވިދާޅުވެ އެ ސަރުކާރަށް ރައީސް ނަޝީދު ފާޑު ވިދާޅުވިއެވެ. ބާރުތައް އެއްތަނަކަށް އެއްކޮށްގެން ކުރިއެރި އެއްވެސް ޤައުމެއް ނޮއޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: