ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބަރލިންގައި ބޭއްވި ”މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް“ ގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ތަސައްވުރާއި، މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ހަރަކާތް ކުރިއަށްގެންދިޔަ މަރުކަޒުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ޖަރމަން ޗެމްބަރ އޮފް އިންޑަސްޓްރީ އެންޑް ކޮމަރސް (ޑީ.އައި.އެޗް.ކޭ) ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑޮކްޓަރ ވޮލްކާ ޓްރައިއާ އާއި ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީ.އެމް.ބީ.އެޗް ގެ ސީ.އީ.އޯ ގުންތަރ މުލް އެވެ. ރައީސްގެ ވާހަކަފުޅުގައި ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ދިވެހިރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަން ފާހަގަކުރައްވަމުން، ބަޖެޓު ޑެފިސިޓް ކުޑަކުރުމުގައި ލިބިފައިވާ ކުރިއެރުންތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. މިފަދަ އީޖާބީ ބަދަލުތަކުގެ ސަބަބުން ވުނޭރުންގެ އިތުބާރު އިތުރުވެފައިވާކަމަށާއި، ގޫގްލް ފަދަ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށް ވުނަކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހަކަތައިގެ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސޯލާ ސިޓީ ފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށެވެ. އޭގެ ބަދަލުގައި، ޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ޙައްލުތަކެއް އުފެއްދުމަކީވެސް އެފަދަ މަޝްރޫޢުތަކުގެ މުހިންމު މަޤްޞަދެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”}

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: