ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ޤާނޫނުގެ ބިލް ރައީސް ތަސްދީޤު ކުރައްވާ ގަލަންކޮޅު ނަޝީދަށް !

ލާމަރުކަޒީ ޤާނޫނުގެ ބިލް ރައީސް ތަސްދީޤު ކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާ، ތަސްދީގުކުރައްވަން ސޮއި އެޅުއްވި ގަލަންކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަދިޔާކުރަައްވައިފި އެވެ.

ރައީސް ސޯލިހު މި ބިލު ތަސްދީގު ކުރެއްވީ ”ވިޔަވަތި ރާއްޖެ“ ގެ ނަމުގައި ކައުންސިލަރުންނަށް ކާއްސަކޮށްގެން ކްރޮސް ރޯޯޑްސް މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދާ މަހާސިންތަގެ ތެރެއިންނެވެ.

ރައީސް މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ މިހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 76 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ތަސްދީގުކުރެއްވި ގަލަންކޮޅު ރައީސް ނަޝީދަށް އަރުވަނީ

ލާމަރުކަޒީ އުސޫލު ގެނައުމަށް ރައީސް ނަޝީދާއި އެމްޑީޕީއިން ކުރި މަސައްކަތް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ސޮއި ކުރެއްވި ގަލަންކޮޅު ރައީސް ނަޝީދަށް ހަދިޔާކުރެއްވިއެވެ. 

ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައެޅި، ކައުންސިލްތަކުގައި އަންހެން ބޭފުޅުންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ޚާއްޞަކުރެވި، އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވިގެންދާނެ ހަމަތައް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: