ރާއްޖޭގައި ބޭއްވުނު އެއްވެސް އިންތިހާބަކަށް އިންޑިއާއިން ”އަތް ބާނާފައި“ ނުވާނެ ކަމަށާއި، ބައެއް މީހުން އުޅެނީ ވަރަށް ބޮޑަށް ”އޮޅިގެން“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާކަމަށެވެ. އެހެން ނަމަވެސް، އެ އިތުބާރާއި އެކު، ރިޔާސީ އިންތިހާބައިގެން ކުރިޔަށް ދާން އެންމެ ބޮޑަށް ބާރުއެޅި ބަޔަކީ އިންޑިއާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ އިދާރަތަކާއި، އިންޑިއާގެ އެކި އޮފިޝަލުން ރާއްޖޭގެ ރިޔާސީ އިންތިހާބަށް ގޮސް ހުސްވީކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދުގެ އިންޓަވިއުގައި ވިދާޅުވީ އިންޑިއާއަކީ ވަރަށް ”ހުށިޔާރު“ ބައެއް ތިބިތަނެއްކަމަށެވެ. ނުވަތަ ”ބޯ ބޭނުންކޮށްގެން ވިސްނާ“ ބައެއް ކަމަށެވެ. އިންޑިއާއިން އިންތިހާބުގެ އެކިކަންތައްތަކުގައި އަތްގާތްކޮށްދީފައިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ، އިންޑިއާ ނެތް ނަމަ އިންތިހާބު ކާމިޔާބު ނުކުރެވުނީސްކަމަށް ވިދާޅުވެފައެވެ.
https://twitter.com/MohamedNasheed/status/1206176374093828096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1206176374093828096&ref_url=https%3A%2F%2Favas.mv%2F74884
ރައީސް ނަޝީދުގެ އެ އިންޓަވިއުގެ ހަބަރު ގެނެސްދިން މީޑިއާތަކަށް ރަށްދު ދެއްވާ ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ”ނުފޫޒުނެއް“ ނޫން ކަމަށެވެ. ރާއްޖޭގައި 2018 ވަނަ އަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުނީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގެ ވެސް އެކަން ކައިރިން ބަލާފައިވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”ބައެއް މީހުން ދަނީ އަޅުގަނޑު ދެއްކި ވާހަކަ މުޅިން އޮޅުވާލަމުން. އެހެން ކަމުން، ހުރިހާ ކަމެއް ސާފުކޮށްދިނުމަށް ބުނެލަން އިންޑިއާއަކުންނެއް މި ގައުމުގެ އިންތިހާބަށް ”އަތެއް ނުބާނާ“. 2018 ވަނަ އަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުނީ ބޭރު ދުނިޔެއިން އެކަން މޮނީޓާރ ކުރުމުން. އޭގެ ތެރޭގައި އިންޑިއާގެ އިތުރުން އެހެން ގައުމުތައް ވެސް ހިމެނޭ. އުފާކުރަން، އެ ދުވަހު އެ ގައުމުތަކުން، ޕްރެޝާރކޮށްގެން ވޯޓު އިންސާފުވެރިވީތީ“ ރައީސް ނަޝީދު
ނަޝީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން ކަމާއެކު ބޭއްވުނު އިންސާފުވެރި އިންތިހާބެއް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލާ އަދި ބައެއް ލީޑަރުންނަށް ރާއްޖެ އައުމަށް ހުރަސްތައް ކުރިމަތިކުރަން ފެށުމުން ބޭރު ދުނިޔޭގެ ޕްރެޝަރު ރާއްޖެއަށް ވަރަށް ބޮޑުވިއެވެ. އެ ހާލަތުގައި ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެތޯ ގިނަ ގައުމުތަކުން ސުވާލުވެސް އުފެއްދިއެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ނިމިގޮސް، އިދިކޮޅު ފަރާތްތަކުން އިންތިހާބު ކާމިޔާބު ކުރުމުން ރައީސް ޔާމީން ފުރަތަމަ ވަނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާކުރައްވާކަން ހާމަކުރައްވާފައެވެ. އެހެން ނަމަވެސް، އޭގެފަހުން ޕީޕީއެމްއިން ބޭއްވި ޕާޓީގެ ކޮންގްރެސްގައި ރިޔާސީ އިންތިބާއި ބެހޭ ގޮތުން ޝަކުވާކުރައްވާ އިންތިހާބު ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު، ވެރިކަމުން ފައިބާވަޑައިގެންނެވުމުގެ ކުރިންވެސް، ރައީސް ޔާމީން ވަނީ ރައީސް އޮފީހުގައި ޕްރެސްއެއް ބާއްވާ، އިންތިހާބާއި ބެހޭ ގިނަ ޝަކުވާތައް ކުރައްވާފައެވެ.
https://twitter.com/MoImSh/status/1205832097111240705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1205832097111240705&ref_url=https%3A%2F%2Fsangu.mv%2F1752
ރިޔާސީ އިންތިހާބަށްފަހު، އިދިކޮޅުގެ ހަމައެކަނި ލީޑަރު އާއްމުންގެ ކުރިމައްޗަށް ނިކުމެވަޑައިގެންފައި ވަނީ މަދު ފަހަރެއްގައެވެ. އަދި މިވީ އެއް އަހަރުގެ ތެރޭގައި ބާއްބާފައިވަނީ 2 ނޫސްވެރިންގެ ބައްދަލުވުމެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ދެކޮޅު ހަދާ އިދިކޮޅުން މަގުމައްޗަށް ނިކުންނަވާ މުޒާހަރާކޮށް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. އިންތިހާބާއި ގުޅޭގޮތުން، ރައީސް ޔާމީން އަބަދުވެސް ޝަކުވާ ކުރައްވައެވެ.

