ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕާޓްމެންޓުން 200 ގްރާމް ޑްރަގް ފެނުމުން މީހަކު 50 އަހަރަށް ޖަލަށް

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މަސްތުވާތަކެތި/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، ޔޫސުފް ރިޒާ ކިޔާ މީހެއްގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި ހުކުމް އައީ އޭނާއާ ގުޅުންހުރި އެޕާޓްމެންޓެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.

ދައުލަތުން ޔޫސުފް ރިޒާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާތައް އުފުލީ އޭނާ ހައްޔަރުކުރުމަށްފަހު އެޕާޓްމެންޓް ބަލައިފާސްކުރިއިރު، އެތަނުގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި 130 ގްރާމްގެ ކެނެބިސް އާއި 70 ގްރާމްގެ މެފެޑްރޯން ފެނުމާ ގުޅިގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ޔޫސުފް ރިޒާ މި ދެ ދައުވާއަށްވެސް އިންކާރު ކުރިއެވެ. ނަމަވެސް، މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނިންމީ ކުށުގެ ރުކުންތައް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޚާއްސަކޮށް، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެނގުމާއި ދަތުމުގެ ތެރޭގައި އަދި އޭނާގެ ހިޔާޒަތުގެ ތެރޭގައި ހުރި ތަކެތިކަން ޝަރީއަތަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން، ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ދެ ދައުވާ އެއްކޮށްލުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ ޖުމްލަ 50 އަހަރުގެ ޖަލު ހުކުމަކާއި 200,000 ރުފިޔާގެ ޖޫރިމަނާއެކެވެ.

ކޯޓުން ވަނީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 200,000 ރުފިޔާ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށްވެސް އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: