ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ގޭގައި ކުލަ ލައިދެނީ!

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ނިޕޯން ޕެއިންޓް ގަތުމުން ގޭގައި ކުލަ ލައިދިނުމުގެ މުޅިން ހާ ހިދުމަތެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ނިޕޯން ޕެއިންޓް ގަތުމުން ގޭގައި ކުލަ ލައިދިނުމުގެ މުޅިން އައު ހިދުމަތެއް ތައާރަފްކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ލޯންޗުކޮށްދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯ ގެ ސީނިއާ މެނޭޖަރު ހެންރީ ޔެންގް އެވެ. ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ފިޔަވަތީގައި ލާނެ ކުލަ ވަނީ ހަދިޔާކޮށްފައެވެ. އަދި އެސްޓީއޯއިން ވަނީ ފިޔަވަތީގައި ކުލަ ލުމުގެ މަސައްކަތް ކުރާނީ އެސްޓީއޯއިންކަން ފާހަގަކޮށްފައެވެ.

އެސްޓީއޯ އިން ވަނީ އެކުންފުނިން ނިޕޯން ޕެއިންޓް ވިއްކާތާ 20 އަހަރުވީއިރު ކުލަ ލައިދިނުމުގެ ހިދުމަތަކީ ކަސްޓަމަރުންނަށް ލުއި ފަސޭހައަކަށް ދޭން ފަށާ ހިދުމަތެެއް ކަމަށެވެ. އެގޮތުން ކަސްޓަމަރުން ކުލަ ގަންނަން އެދުމުން، އެގެއަކަށް ގޮސް ގޭގެ ފުޅާ މިނާއި ކުލަ ބޭނުންވާނެ މިންވަރު ބަލާ އަގު ކަނޑައަޅާނެކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ ކުލަލުމުގެ ހިދުމަތް ދޭއިރު ގޭތެރޭގައި ހުންނަ ސާމާނަށް ގެއްލުން ނުވާނެހެން ކަވަރު ކުރާނެ ކަމަށާއި ކުލަ ލުމަށްފަހު އަލުން ފަރުނީޗަރު އަތުރައިވެސް ދޭނެ ކަމަށެވެ.

ނިޕޯން ޕެއިންޓް ސިންގަޕޯ ގެ ސީނިއާ މެނޭޖަރު ހެންރީ ޔެންގް ވިދާޅުވީ ނިޕޯން ޕެއިންޓަކީ ބާޒާރުގައި ކަސްޓަމަރުންގެ ޔަގީންކަން ހޯދާފައިވާ ކުލައެއް ކަމަށާއި ރާއްޖޭގައި ފެށި މި ހިދުމަތާއެކު ކަސްޓަމަރުންނަށް ލިތުރު ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: