ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހި ފްލެޓެއް ލޭބަރ ކުއާޓަރަކަށް ހަދައި ކުއްޔަށް ދިނުމުން، ބައިލައްކަ ރުފިޔާގެ ޖުރިމަނާއެއް!

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓެއް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓެއްގެ އެޕާޓްމަންޓެއްގައި، ގަވާއިދާ ހިލާފަށް ލޭބަރ ކުއާޓަރެއް ހަދައި ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއްގައި ފްލެޓުގެ ވެރިފަރާތް ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓެއްގެ ތެރޭގައި ލޭބަރ ކުއާޓަރެއް ހިންގާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި ފްލެޓްތަކުގައި ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، އެ ފްލެޓުގެ ވެރިފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އެފްޑީސީން ވަނީ އެ ތަނުގައި ދިރިއުޅެމުންދާ ބިދޭސީން 10 ދުވަހުގެ ތެރޭގައި އެތަނުން ނެރުމަށް އަންގާފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި އެފްޑީސީގެ އެންގުމަށް އަމަލުނުކޮށްފިނަމަ، އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ދީފައިވާ މުއްދަތުގައި ތަން ހުސްނުކޮށްފި ނަމަ، ފްލެޓުގެ އެއްބަސްވުން ބާތިލުކޮށް، އެ ތަން އެހެން ފަރާތަކަށް ހަވާލުކުރުމަށްޓަކައި ހައުސިން މިނިސްޓްރީއަށް ހުށަހަޅާނެއެވެ.

އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކޮށްފައިވާ މިފަދަ ތަންތަން، އަމިއްލަ މަންފާއަށްޓަކައި ވިޔަފާރީގެ އުސޫލުން ބޭނުންކުރުމަކީ ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ލިބޭ ބޮޑު ބޭއިންސާފެއްކަން ފާހަގަކުރައްވައި، ހަމްދާން ވިދާޅުވީ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމާއި ލޭބަރ ކުއާޓަރުގެ ގޮތުގައި ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: