ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ އިންތިޚާބުތަކަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައި، އުޅެނީ ވެރިކަމުގެ ދައުރަށް ބަދަލު ގެންނަން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޤާނޫނުއަސާސީއަށް ގެންނަމުންދާ ބަދަލުތަކަކީ ރައްޔިތުންގެ ބާރުތައް ހަނިކޮށް، އިންތިހާބުތަކަކީ ކުޅޭކުޅޭ އެއްޗަކަށް ހެދުމަށް ކުރާ މަސައްކަތެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންނަމުންދަނީ ޤާނޫނުއަސާސީ ”ކޮށާ މަށަމުން“ ރައްޔިތުންގެ ބާރުތައް ދުވަހުން ދުވަހަށް ހަނިކުރަމުންދާ މަންޒަރެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލަމުންދާކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، އަތޮޅު ކައުންސިލްތައް މިހާރު އެއްކޮށް އުވާލާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކަށް ލިބެން އޮތް ފައިސާވެސް އެކި ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތެރެއިން އުނިކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވި މިއީ ރައްޔިތުންގެ ބާރު ކަނޑުވާލާ ސަރުކާރެއް ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދިމާލަކުންވެސް ރައްޔިތުންގެ އަތުގައި އޮތް ބާރު މިބޭފުޅުންގެ މުށުތެރެއަށް ގެނައުން ކަމަށެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ، 2008 ގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ބާރަކީ ވޯޓުލުމުގެ ބާރުކަމަށާއި، ވަޒީފާއާއި އިޖުތިމާއީ ރައްކާތެރިކަން ފަދަ ކަންކަންވެސް ރައްޔިތުންނަށް ކަށަވަރުވަނީ އެ ބާރުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުތަކާއެކު އެ ބާރުގެ 50 އިންސައްތަ އުނިވެގެންދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހާއި ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ދެފަހަރު އަންނަން އޮތް އިންތިހާބުތައް އަށް އަހަރުން އެއްފަހަރަށް ބަދަލުކުރުމަކީ އިންތިހާބުތަކަކީ ކުޅޭކުޅޭ އެއްޗަކަށް ހެދުން ކަމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން، ސަރުކާރުން ބޭނުންވާ ނަތީޖާއެއް ނުލިބޭ އިންތިޚާބުތަކުގެ ދައުރު ކުރުކޮށްލުމުގެ ބާރު މަޖިލީހަށް ލިބިގެންދާނެކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

މިސާލު ނަންގަވައި ޝަމްހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއް އެމްޑީޕީން ނަގައިފިނަމަ، އެކަން ސަރުކާރަށް ބަލައިގަތުމަށް ދަތިވާނެކަމަށެވެ. އެހެންކަމުން މި އިސްލާހުގެ ދަށުން ދައުރު ކުރުކޮށް އަލުން އިންތިހާބަކަށް ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރުވެސް ބޭނުން ގޮތަކަށް ދަންމާލެވޭ ގޮތަށް މި ގާނޫނު ފަރުމާކޮށްފައިވާ ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: