ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާގައި ތިބި ދިވެހިންގެ 91%އަކީ އަންހެނުންނާއި ކުޑަކުދިން: ސީޕީ ހަމީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއާގައި ތިބި ދިވެހިންގެ 91%އަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ވިޔަވަތި ފޯރަމްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސީރިއާގައި ފަންސާހަށް ވުރެ ގިނަ މީހުން ތިބި އިރު އޭގެ ތެރޭގައި 91 އިންސައްތައަކީ ކުޑަކުދިންނާއި އަންހެނުންކަމަށެވެ. އަދި އަނބުރާ ގެނެވޭ ހާލުގައި ތިބީ 4 ފިރިހެނުން ކަމަށާ، އެ ފަރާތްތައް އަނބުރާ ގެނެސް ރިހިބިލިޓޭޓްކުރާނެ ކަމަށް ސީޕީ ިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ހަރުކަށި ފިކުރު ފުލުހެއްގެ މީސްމިޑިއާ އެކައުންޓްގައި ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި މުޖުތަމައުގައި ފެތުރޭ މިފަދަ ކަންކަމުގެ އަސަރު ވަކި ވަކި ފަރުދުންގެ ހައިސިއްޔަތުން ކޮންމެ މުޢައްސަސާތަކަށް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ ތެރެއަށް ވެއްޓި މިހާރުވެސް އަމިއްލަ ހަށިގަނޑާ ފުރާނަ ގުރުބާންކުރާ ހިސާބަށް ގޮސްފައިތިބި މީހުންގެ އަދަދު 1400 އާއި ގާތް ކުރާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ސީރިއާގައި ކުރިއަށްދާ ދުވަސްވީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ދިޔަ މީހުންގެ އަދަދު 174 އަށް އަރާ ކަމަށެވެ. އަދި އެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާ އަށް ދާން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ އަދަދަކީ 423 ކަމަށް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: