ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ މީހުންގެ ވިސްނުން ”ހާޑް އެޕްރޯޗް“ އަށް، ގެންގުޅެނީ ގެއްލުން ދިނުމުގެ ވިސްނުން!

މީގެ 11 އަަހަރު ކުރިން ސަލްޓާން ޕާކުގައި ގޮއްވާލި އައިއީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަރުކަށި ފިކުރު ނުރައްކާ ދަރަޖައަކަށް ގޮސް، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް އައިއީޑީއެއް ގޮވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ކްރޮސްރޯޑްސްގައި ކައުންސިލަރުންނާއި އެކު ކުރިޔަށް ގެންދާ ”ވިއަވަތި ރާއްޖެ“ މަހާސިންތާގައި ރައްޖޭއަށް ޓެރަރިޒަމްގެ ނުރައްކާތެރިކަން އޮތް މިންވަރާއި މެދު ހާއްސަ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. ރާއްޖެ މިވަގުތު އޮތް ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވާ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓުގެ ފަރާތުން ޔަމާން ޖައުފަރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ހަރުކަށި މީހުން ދިރިއުޅެމުން ދާކަމަށެވެ.

އެގޮތުން ބައެއް މީހުން، ރާއްޖެއިން ބޭރުގެ އެކި ޓެރަރިޒަމް ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމައިގެ ތަމްރީނު ހޯދަމުން އަންނަކަމަށް ޔަމާން ވިދާޅުވިއެވެ. ބައެއް މީހުން އެ ގައުމުތަކަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރާއިރު، ބައެއް މީހުން ރާއްޖޭގައި ތިބެގެން އޮންލައިން ސެޝަންތައް ނަގާކަށް އޭނާ ވިދާޅުވިއެވެ.

ސީދާ ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމަށް ރާވައި، ރައްޔިތުންގެ ތެރޭގައި ދެ އައިއީޑީއެއް ގޮއްވާލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނި މިއީ ފުރަތަމަ ފަހަރެވެ.

މުޖްތަމައުގައި ގައި، ޓެރަރިޒަމްގެ ސަބަބުން ބިރުވެރިކަން އުފެދޭއިރު ޔަމާން ވަނީ ހަރުކަށި ފިކުރަށް މަސައްކަތް ކުރަމުންދާ މީހުންގެ ފަރާތުން ފެންމަ މައްސަލަތަކާއި ޓެރަރިޒަމްގެ ޓައިމްލައިންއަށް ތަފްސީލީގޮތެއްގައި ވާހަކަ ދައްކާފައެވެ.

މުޖްތަމައުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރެމުން އަންނަނީ ބާރު ސްޕީޑެއްގައިކަން ހާމަކުރައްވާ ޔަމާން ވިދާޅުވީ، ރާއްޖޭގައި އެންމެ މުވައްސަސާއަަކަށް ޓެރަރިޒަމްގެ ފިކުރު ނުހުއްޓުވޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ޓަމްލައިންއަށް ވާހަކަ ދައްކަވަމުން ޔަމާން ވިދާޅުވީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ގެއްލުން ދިނުމަށް ކަމަށެވެ. އަދި އެ މީހުންގެ ވިސްނުން މިހާރު ”ހާޑް އެޕްރޯޗް“ އަށް ބަދަލު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ޕްރެޒެންޓޭޝަންގައި ހިމަނާފައިވާ ޓެރަރިޒަމްގެ ޓައިމްލައިން:

2007: ސަލްޓާން ޕާކުގައި އައިއީޑީއެއް ގޮއްވާލުން،
2007: ހިމަންދޫގައި ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ސަލާމަތީ ބާރުތަކާ ދެމެދު ހިނގައިދިޔަ ކުރިމަތިލުން،
2009: ދިވެއްސަކު ޕާކިސްތާނުގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދިނުން
2012: ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދިއުން
2014: ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުން،
2014: އައިއެސް ދިދަ ހިފައިގެން މާލޭގެ މަގުތައް މަތީގައި ހިނގާލުމެއް ކުރިއަށް ގެންދިއުން
2017: ބްލޮގާ ޔާމީން ރަޝީދު މަރާލުން
2017: އައިއީޑީއެއް ބޭނުންކޮށްގެން ރާއްޖޭގައި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުން
2019: ހަނގުރާމައަށް މީހުން ފޮނުވާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކުރުން

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: