ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވެލާނާ އެވޯޑްސް“ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, ”ވެލާނާ އެވޯޑްސް“ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ.

މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.

އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ އެމްއޭސީއެލްގެ ކާމިޔާބީ ވަޒަންކުރާ އެންމެ މުހިންމު އެއް މިންގަނޑު ކަމަށްވީ ނަމަވެސް ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި ނަންބަރު އިތުރުކުރުން ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވިއެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: