ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރުސްޕީޑުގައި ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރު ފަޅުގެ ބިންހިއްކުމުގެ މަޝްރޫއު އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ދެ ޑްރެޖަރާއެކު ފެށިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރު ފަޅުގެ މަސައްކަތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު، މިހާރު އެކުލަވާލާފައިވާ ޕްލޭންގައި ޖުމްލަ 4,072 ގޯތި ހިމެނެއެވެ. މީގެ ތެރޭގައި ކުރިން އުނިވި 610 ގޯތިވެސް މިހާރު ވަނީ ހިމަނާފައެވެ. ސަރުކާރުން ވަނީ މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ހިއްކާ ބިމުގެ ސަރަހައްދަށް 113 ހެކްޓަރު އިތުރުކުރުމަށް ނިންމާފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިމާރާތްކުރުމާބެހޭ ވުޒާރާއިން ބުނީ، ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމުކޮށް ހިއްސާކުރާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: