ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރާއި ހަމައަށް އެކަނިވެސް ޤާސިމް އިބްރާހިމް ވަނީ 947 މިލިއަން ރުުފިޔާ ހަމައެކަނި މަތީ ތައުލީމަށް ހޭދަކުރައްވާފައި: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރާ ހަމައަށް އެކަނިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަތީ ތައުލީމަށް 947 މިލިއަން ރުފިޔާ ހޭދަކުރައްވާފައި ކަމަށް އެ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، ގާސިމް އިބްރާހިމްގެ އަމިއްލަ ހަރަދުގައި މިހާތަނަށް 2,500 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ. އަދި މި ހުރިހާ އެހީއަކީ ވެސް ހިލޭ އެހީގެ ގޮތުގައި ދެއްވާފައިވާ އެހީތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ މާމިގިއްޔަކީ ކުރިން ވަރަށް ކުޑަ ރަށެއް ނަމަވެސް، މިއަދު އެ ރަށް ބޮޑުވެ ތަރައްގީވެފައި ވަނީ ގާސިމްގެ މިންނަތް މަސައްކަތުން ކަމަށެވެ. އަދި އެމަނިކުފާނު ހިދުމަތް ކުރެއްވި ކޮންމެ ރަށަކުން ވެސް އެ ތަރައްގީ ފެންނަން އޮތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވަނީ، އެއީ ކޮންމެވެސް ސިފައެއްގައި ގާސިމްގެ އެހީތެރިކަން ލިބިފައިވާ ފަރާތްތަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ ”ކޮލެޖެއް“ ގޮތުގައި ސިފަކުރައްވަމުން ރިޔާޒް ވިދާޅުވީ، މުސްތަގުބަލުގައި އެ ޕާޓީ ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި ޕާޓީގެ ލީޑަރަކީ ކޮންމެ ދުވަހަކުވެސް އިލްމީ ދިރާސާތަކުގެ އަލީގައި ޒުވާނުންނަށް އިބުރަތްތެރި ވާހަކަތައް ފޯރުކޮށްދެއްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން ރިޔާޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކެންޑިޑޭޓުން ނެރޭނީ ހަމައެކަނި މާމިގިއްޔަށް ކަމަށާއި، ބާކީ ހުރި ހުރިހާ ދާއިރާއަކުން ތާއިދުކުރާނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށެވެ. މިއީ ގައުމުގެ ކުރިމަގު ރައްކާތެރިކުރުމަށް ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރަކީ ބޮޑު ދަރަންޏަކާ ހަވާލުވެ، ގައުމު ފުން އަނދަވަޅަކުން ސަލާމަތްކުރުމުގެ ފެހި ސިގްނަލް ދީފައިވާ ސަރުކާރެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރަށް ތާއިދުކުރަނީ ޕާޓީއަށް ލިބޭނެ ފައިދާއަކަށް ބަލައިގެން ނޫން ކަމަށާއި، މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް ކަންކަން ކުރައްވާނީ މި ބީދައިން ކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: