ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ހިންގާ އަމަލުތައް ހުއްޓާލުމަށް ފައްޔާޒް ގޮވާލައްވައިފި

ދިރާސީ އައު އަހަރުގެ ތަހުނިޔާ އެމްޑީޕީގެ ޗެއާރ ޕާސަން ފޮނުއްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފައްޔާޒް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ ކަމަށް ތުހުމަތުކުރާ މި އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީން މުވައްޒަފުންގެ ވޯޓު ކަށަވަރު ކުރުމުގެ ބޭނުމުގައި، އެމީހުން މިހާރު ތިބި ރަށް ނޫން އެހެން ރަށްރަށަށް ރީ-ރަޖިސްޓަރީ ކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ މުވައްޒަފުންނަށް ބިރުދައްކައިގެންނާއި ޖެއްސުން ކޮށްގެން ހިންގާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

”ކައުންސިލް އިންތިޚާބު ގެއްލިދާނެކަމުގެ ސިހުން ރައީސް މުއިއްޒަށް އޮތް މިންވަރު މިކަމުން ހާމަވޭ. މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ހިންގާ މިފަދަ އަމަލުތައް ހުއްޓާލަންޖެހޭ،“ ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ވަޒީފާގެ ކުރިއެރުން ހުއްޓުވުމާއި، މަގާމުން ވަކިކުރުން ފަދަ ކަންކަން އިތުރުވަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ ކަންތައްތަކެކެވެ.

ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީއަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރު ކުންފުނިތަކުގެ ތެރޭގައި މުވައްޒަފުންނަށް ދަތިކުރުމުގެ އަމަލުތައް ހިންގަމުންދަނީ ސީދާ ރައީސްގެ އިރުޝާދުގެ މަތިންނެވެ. އެހެންކަމުން، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ހުއްޓާލައި، އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ދިނުމަށް އޭނާ ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: