ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހުރިހައި ހިސާބަކަށް ނުރައްކާތެރި މިންވަރަށް މިއަދުވެސް ދުންފުހުގެ އަސަރު އެބަހުރި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފުހުގެ އަސަރު މިއަދުވެސް ރާއްޖޭގެ ހުރިހައި ހިސާބަކަށް ނުރައްކާތެރި މިންވަރަށް މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ވަގުތު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ މަތީގައި މި ދުންފުހުގެ އަސަރު ދެމިއޮންނާނެއެވެ. ކޮންމެ އަހަރަކުވެސް އިރުވައި މޫސުމާ ދިމާކޮށް ކުރިމަތިވާ މި މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މި ދުންފުސް ރާއްޖެއަށް ވާސިލުވަނީ އިރުއުތުރުން ޖެހޭ ވަޔާއެކުގައެވެ.

ދުންފުހުގެ އަސަރު ބޮޑުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު މިހާރު ވަނީ ތިން ކިލޯމީޓަރަށް ދަށްވެފައެވެ. އެހެންކަމުން، ބޭރުގައި އުޅޭއިރު އަދި ކަނޑުދަތުރުފަތުރު ކުރާއިރު ސަލާމަތީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ދަނީ ޞިއްޙީ އިރުޝާދުތައް ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނަށް މިކަމުގެ ނުރައްކާ ބޮޑުކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

އެޗްޕީއޭއިން އިތުރަށް އިލްތިމާސްކޮށްފައިވަނީ، ޞިއްޙީ ގޮތުން ނާޒުކު ޙާލަތްތަކުގައި ތިބި މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މި ދުވަސްވަރު މަޑުޖައްސާލުމަށެވެ. މިއީ ވައިގެ ނުސާފުކަމުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: