ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ތަން ބަދަލުކުރުމަށް ރަޖިސްޓަރީކުރުމުގެ ސުންގަޑި ހަމަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްްރިލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނުވަތަ ވޯޓު ފޮށި ބަދަލުކުރުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހަމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިއަދު މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޖިލިސް އިންތިޚާބުގައި ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުން، މި އިންތިޚާބުގައި ވޯޓުލާންޖެހޭނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ރަޖިސްޓަރީ ވެފައިވާ ތަން ބެލުމަށްޓަކައި VR (space) ID Number ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. މި އިންތިޚާބަކީ ރަށްރަށުގެ ތަރައްޤީއާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މުހިންމު އިންތިޚާބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: