ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީން ހައްޔަރު ކުރި 3 މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި!

ހަރުކަށި ފިކުރުގެ މީހުން ހޯދަން މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގެ ތެރެއިން --- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް ފުލުހުން އެކަމާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި އޮޕްރޭޝަންގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި އުމުރުން 30 އަހަރުގެ ފިރިހެނެއްގެ އިތުރުން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިތިން މީހުންނަކީ މަޑުއްވަރިއަށް ނިސްބަތްވާ ތިން މީހުންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެންޓުމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށެވެ.

މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފައިވާއިރު  މަޑުއްވަރީން ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓްތަކެއްވެސް ފުލުހުން ވަނީ ހޯދާފައެވެ.

އެމައްސަލަ އާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ ކަންކަން ހާމަކުރައްވަމުން ފުލުހުންގެ ސީރިއަސް އޮގަނައިިޒްޑް ކްރައިމް ޑީޕާޓްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީގައި އުޅޭ ހަރުކަށި ވިސްނުމުގެ މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި، އަދި 18 އަހަރު ނުފުރޭ ކުޑަ ކުދިންނާ ކައިވެނިކޮށް ޖިންސީ ގުޅުން ހިންގިދާނެ ކަމަށް އެމީހުން ގަބޫލު ކުރާކަމަށެވެ.

އޭނާ ވިދާޅުވީ، އެ އޮޕަރޭޝަންގައި މިހާތަނަށް ހަ ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށް އަދި އިތުރު ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރުގެ އަމަލުތަށް ހިނގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތަށް ބަލާފާސްކޮށް މިކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަންއަކީ އެފަދަ ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ޙައްގުތަށް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަންއެއް ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްއާއި ހައްދު ފަހަނައަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާއުކުރާ ފަރާތްތަކަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރެއިން އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: