ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނަމާލެއާ މާލެހިޔާގެ ފްލެޓްތަކުގައި އުޅޭ މީހުންނަށް 100،000 ރުފިޔާ ދެއްވުމަށް ރައީސް ނިންމަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ފަރާތްތަކަށް 100،000 ރުފިޔާގެ ޚާއްޞަ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ހޯމަ ދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ބައްދަލުކުރެއްވުމަށްފަހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފްލެޓްތަކުގެ ވެރިފަރާތްތަކުން ވަނީ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތައް ރައީސަށް ހުށަހަޅާފައެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުން ހިމެނެއެވެ. މީގެ އިތުރުން، ފްލެޓްތައް ބައުވެ ސްޓްރަކްޗަރަލް މައްސަލަތައް ކުރިމަތިވެފައިވާތީ، ކޮންމެ ފްލެޓަކަށް 100،000 ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ.

މި އިނާޔަތް ދިނުމުގައި ހަމަޖެހިފައިވާ އުސޫލަކީ، ފްލެޓުގެ ވެރިފަރާތުން ދައްކަންޖެހޭ ޖުމުލަ ފައިސާ 100،000 ރުފިޔާއަށް ވުރެ އިތުރުވާނަމަ، އެ އަދަދުން 100،000 ރުފިޔާ އުނިކޮށްދިނުމެވެ. އަދި ދައްކަންޖެހޭ ފައިސާ އެއްލައްކަ ރުފިޔާއަށް ވުރެ މަދުނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށްފަހު ބާކީވާ ފައިސާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވާނެއެވެ.

މީގެ އިތުރުން، ފްލެޓް މިލްކުކުރުމަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމާފައިވާ ފަރާތްތަކަށް، މި 100،000 ރުފިޔާގެ އިނާޔަތް އެއްކޮށް އެ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުމަކީ ފްލެޓްތަކުގެ ބައުވެފައިވާ ހާލަތަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ، ރައްޔިތުންނަށް ލުޔެއް ހޯއްދަވައިދެއްވުމަށް ނިންމެވި ނިންމެވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: