ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ މަސްވެރިންގެ އާދޭސް ރައީސް އަޑުއައްސަވައިފި!

ހިތަދޫ މަސްވެރިންނާއި ރައީސް ބައްދަލުކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ބައެއް މަސްވެރިންނާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

ލ. ހިތަދޫ ސްކޫލް ހޯލްގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ދިރިއުޅުގެ ހާލަތު ބަޔާންކޮށް މަސްވެރިކަންކުރުމުގައި ދަތިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަން ޙައްލުކުރެވޭނެގޮތްތަކާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މިގޮތުން މަސްވެރިންނަށް އެންމެ ދަތިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އައިސް ލިބުމުގައި ދިމާވާއުނދަގޫތަކާއި، ނުއަގުގައި މަސްކިރުވަންޖެހުމާއި، ފަހި ޑީސަލް ހަކަތަ އެޕް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި، ބޭންކިންގގައި ދިމާވާ ދަތިތައް މަސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި ސަރުކާރުގެ އިސް ވެރިން ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް މަސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ވީހާ އަވަހަކަށް ޙައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: