ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ނުލިބޭ ނަމަ، ދެން ރަނގަޅުވާނީ ފަސް އަހަރު މަޑުކޮށްލުން: ޖޭޕީގެ ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ނުލިބޭނަމަ ދެން ރަނގަޅުވާނީ 5 އަހަރުވަންދެން ސިޔާސީ މަސައްކަތް ނުކޮށް މަޑު ޖައްސާލުން ކަމަށް، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ސައުދު ވިދާޅުވީ، މިހާރު މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގައި އެމްޑީޕީގެ ބާރު އޮތުމުން މަޖިލީހުގައި އެހެން މީހަކު ކިތަންމެ ރަނގަޅު ވާހަކައެއް ދެއްކިޔަސް އެކަމަށް ފުރުސަތެއް ނެތް ކަމަށެވެ.

އެގޮތުން މަޖިލީހަށް އެމްޑީޕީ ނޫން ބަޔަކު ކިތަންމެ ރަނގަޅު ކަމެއް ހުށަހެޅިޔަސް އެމްޑީޕީން ބޭނުން ނުވާހާ ހިނދަކު އެކަން ފާސް ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ޖޭޕީން މަޖިލީސް އިންތިޚާބުގައި ވެސް ދެއްކި ވާހަކަ ކަމަށާ އެއްބަޔަކަށް މުޅި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ވާނީ އެހެންކަން މާކުރިންވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެން ދެއްކި ވާހަކަ. ކިތައްމެ ރަނގަޅު ކަމެއްވެސް އެމްޑީޕީން ބޭނުން ނުވަންޏާ ފާސްނުވާނެ. މީގަ ޤަބޫލުކުރަންވީ ބާރުތައް ދިނަސް އަންނަ ބައެއްގެ އިޚުލާސްތެރިކަން ނެތިކަންކަމެއް ނުކުރެވޭނެ. ސަރުކާރު މެޖޯރިޓީ އޮތީމަ ބޭނުން ގޮތަކަށް ކަން ކުރަންޏާ ފައިދާއެއް ނުވާނެ. އަދި ޖޭޕީ މީހަކު މިސާލަކަށް އައިއްޔޯ މޭޔަރ އަކަށް. އޭރުން އޭނާއަށް ފިއްތަންޏާ ކިހިނެއް ކުރިއަރާނީ. ގަސްތުގަ އޭނާ ފެއިލްކޮށްލަން އުޅެގެން ނުވާނެ.“

ސައުދު އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަންހެން ކަނބަލުންނަށް 33%، ޚާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއި ދެކޮޅު ނޫން ކަމަށެވެ.

އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ފާހަގަކުރެއްވީ އެ ބަދަލާއިމެދު ޤާނޫނީ ގޮތުން ކިޔާ ފާޑުކިޔުންތަކެއްގެ ވާހަކަ ކަމަށާ، އަންހެނުން ބާރުވެރިކުރުވުމަކީ ޖޭޕީ ދެކޮޅުވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖޭޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ގިނަ އަންހެނުން ވާދަކުރައްވާނެކަމަަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް، ޖޭޕީގެ ޓިކެޓަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: