ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް މި އަހަރުގެ ރޯދަމަހު ބަދަލުތަކެއް ގެނެސްފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

އެގޮތުން އެމްޓީސީސީން ބުނި ގޮތުގައި، ކުރީ އަހަރުތައް ގޮތަށް މިއަހަރުގެ ރަމަޟާންމަހުވެސް އެކުންފުނިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ފެރީއާއި ބަހުގެ ޚިދުމަތުގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެމްޓީސީސީން ވަނީ މި ތަފްސީލުތައް ވެސް އާންމުކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް

  • ހަވީރު 5:50 އިން 7:00އާ ހަމައަށް މެދުކެނޑިގެންދާނެ
  • މާލޭ-ތިލަފުށި ފެރީ ހަވީރު 5:00 އިން 7:00އާ ހަމައަށް މެދުކެނޑިގެންދާނެ
  • މާލެ- ގުޅީފަޅު ފެރީ ރޫޓް 4:15 އިން 5:00އާ ހަމައަށް މެދުކެނޑިގެންދާނެ
  • ހުޅުމާލެ- މާލެ ފެރީގެ ޚިދުމަތްް 3:00ގެ ފަހުން މެދުކެނޑިގެންދާނެ

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާރްޓީއެލް ބަހުގެ ދަތުރުތައް ކުރާ ގަޑިތަކަށްވެސް އެމްޓީސީސީން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން:

  • މާލެ-ހުޅުމާލެ، ހުޅުމާލެ- އެއާޕޯޓު، މާލެ- އެއާޕޯޓު ބަހުގެ ޚިދުމަތް ހަވީރު 5:00އިން 7:00އާ ހަމައަށް މެދުކެނޑިގެންދާނެ
  • ހުޅުމާލެ އިންޓަރނަލް ބަހުގެ ޚިދުމަތް ހަވީރު 5:15އިން 7:15އަށް މެދުކެނޑިގެންދާނެ
  •  މާލެ އިންޓާނަލް ބަހާއި، ވިލިމާލެ ބަހުގެ ޚިދުމަތް ގެ ޚިދުމަތް އިރުއޮއްސި 6:00އިން ރޭގަނޑު 9:00އަށް މެދުކެނޑިގެންދާނެ
    ރަމަޟާންމަހު އާރްޓީއެލް ފެރީ އާއި ބަހުގެ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރެވިފައިވާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުންކަން އެކުންފުނިން ފާހަގަކުރެއެވެ.
ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: