ޑްރަގު ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދު ކުރެވުނު ގިނަ މީހުން، 2013ގައި ވެރިކަމަށް އައި ބަޔަކު ވަނީ ދޫކޮށްލާފައި ކަމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިފާ މިފަދައިން ޓުވީޓު ކުރެއްވީ މިދިޔަ ބުރާސްފަތު ދުވަހު ފުލުހުން ހިންގި ޑްރަގް ރެއިޑް އޮޕަރޭޝަންއާއި ގުޅިގެން އާންމުންގެ މީހަކު ކުރި ޓުވީޓެއް ރީ ޓުވީޓު ކުރައްވާއެވެ.
އެ ޓުވީޓުގައި އެ މީހާ ބުނެފައިވަނީ މާލޭގައި ޑުރަގު ވިޔަފާރި އާންމުވެފައިވާ މިންވަރު ފެނުމުން ހައިރާންވެއްޖެ ކަމަށާއި މާލޭއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް މިފަދަ އޮޕަރޭޝަންތަށް ހިންގަން ޖެހޭ ކަމަށެވެ. އަދި ޑުރަގު ވިޔަފާރި ހިންގާ ފަރާތްތަކަށް އެ ވިޔަފާރި ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ޓުވީޓާއި ގުޅިގެން ސިފާ ވިދާޅުވީ ޑުރަގު ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ހައްޔަރުކުރި ގިނ މީހުން 2013 ވެރިކަމަށް އައި ބަޔަކު ދޫކޮށްލާފައި ކަމަށެވެ. އެކަން އަދި ހަނދާނުން ނުފިލާ ކަމަށް ސިފާ ވިދާޅުވިއެވެ.
https://twitter.com/SifaMohammed/status/1208257688544542721
ސިފާ މިފަދައިން ޓުވީޓު ކުރެއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ރިޔާސީ އިންތިހާބާއި ދިމާކޮށް 400އަށް ވުރެ ގިނަ ގައިދީން ވަނީ މިނިވަންކޮށްފައެވެ.
އެ ގައިދީންތަށް ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް އެކުލަވާލުމަށްފަހުއެވެ. އެ ގަވާއިދަކީ، ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ މީހަކު ކޮށްފައިވާ ކުށަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
މި ގަވައިދުގެ ދަށުން ލުއި ދޭނީ ރައީސް އަމިއްލައަށްފުޅަށް އިސް ނަންގަވައިގެންނެވެ. ނަމަވެސް ލުއި ދެއްވާނީ އެކަމަށް އެކުލަވާ ހާއްސަ ކޮމިޓީން ލުއި ދިނުމަށް ނިންމާފައިވާ މީހުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ރީހިބިލިޓޭޝަން ޕްރޮގްރާމް ނިމުމަށްފަހުގަ އެވެ.

