ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑު: ޚުތުބާ

ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑު: ހުކުރު ހުތުބާ --- ފޮޓޯ | ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއުއަކީ ތައުބާ ވުމާއި ތަޤުވާގެ މައްސަރެވެ. ހުތުބާގައި ބުނެފައިވަނީ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް އެތައް ގޮތަކުން މާތް ﷲ މާތްކުރައްވައި މަތިވެރިކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭ ކަމަށާއި އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ވެސް ހިމެނިފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް ﷲ ގެ ޙަޟުރަތުގައި ދުޢާދެންނެވުން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައި، ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

”ފައިން ތައުބާވުމަށް އިރުޝާދުދެއްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.“ ތިމާއަށް ކުރެވިފައިވާ އެންމެހައި ފާފައިން ތައުބާވުމަކީ  މުހިންމުކަމެކެވެ. އެހެންކަމުން އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެން މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވުމަށް ގޮވައިލަމެވެ!“

ހުތުބާގައި ބުނެފައިވަނީ މުސްލިމުން ނަމޫނާއަކަށް ބަލަންވީ ކީރިތި ރަސޫލާ (ޞ) ކަމަށެވެ. މާތް ﷲ އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވައިފައިވާ އިރު ވެސް، އެކަލޭގެފާނު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރަށް ހުތުބަގައި ބުނެފައިވަނީ ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމަށެވެ. މާތް ﷲ އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި އޮންނާންޖެހޭނެ ކަމަށާއި އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެ ކަމަށްވެސް ުތުބާގައި ވަނީ ބުނެފައެވެ.

މި މަތިވެރި މައްސަރުގައި ލައްވައިފައިވާ ޚާއްޞަ އަޅުކަން ފަރުޟުކުރެއްވުނު ޙިކުމަތަކީ ވެސް ތަޤުވާވެރިވުން ކަމަށާއި އެހެންކަމުން ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެ ކަމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: