ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި، އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް އާދަމް ޝަރީފްގެ އިލްތިމާސެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި، ދީނީ އެއްބައިވަންތަކަމާއި އަދި އިސްލާމްދީނަށް ދިވެހިންކުރާ އިޙުތިރާމާއި، ޤަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ ބަރަކާތްތެރި ރަމަޟާން މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖޭގެ ފަތުރުވެރިނަށް ޚިހުމަތްދޭއިރު ޢާއްމުންނަށް ނުފެންނާނެފަދަ އިންތިޒާމެއްގެ ދަށުން އެޚިހުމަތް ދިިނުމާއި މަގުތަކާއި ޢާއްމު ތަންނަނުގައި ރަމަޟާން މަހުގެ ޙުރުމަތް ނުކެނޑޭގޮތަކަށް، ފަތުރުވެރިންގެ ޢަމަލުތައް ބެހެއްޓުމަށް ބާރު އަޅުއްވައި ދެއްވައި، އަދި ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންގެ ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މަޢުލޫމާތު ފަތުރުވެރިންނަށް ހިއްސާކޮށްދެއްވުމަށް މިނިސްޓަރ އެދިލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: