ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރަށްވުރެ މައްޗަށް: އިޤްތިޞާދީ ހެޔޮ ބަދަލެއް!

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ނޫސްވެރިންނާ ބައްދަލުކުރެއްވުން .---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ދައުލަތުގެ މާލީ ފުދުންތެރިކަން އިތުރުވަމުންދާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 300 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް އައި އެންމެ ބޮޑު އެއް ކުރިއެރުމެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި 983.04 މިލިޔަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް ބިލިޔަނެއްގެ މިންގަނޑަށް އެރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ މަތީ އަދަދަކަށް ރިޒާވް ގޮސްފައިވަނީ 2020 ވަނަ އަހަރު އިންޑިއާއާއެކު ވެވުނު ކަރަންސީ ސްވަޕް އެއްބަސްވުމުގެ ދަށުންނެވެ.

ބޭނުންކުރެވޭ ރިޒާވް ނުވަތަ ’ޔޫސަބަލް ރިޒާވް‘ އަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ބާކީ ހުންނަ، ވަގުތުން ބޭނުންކުރެވޭނެ ފައިސާއެވެ. ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 301.4 މިލިޔަން ޑޮލަރު ހުރިކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރު ނިމުނުއިރު ހުރި 244.1 މިލިޔަން ޑޮލަރާ އަޅާބަލާއިރު 25 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.

ރިޒާވް ހަރުދަނާވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު، ބޭރު ފައިސާގެ އާ ގަވާއިދުގެ ދަށުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، އެމްއެމްއޭއިން ވަނީ ރޯދަމަހާ ދިމާކޮށް އިމްޕޯޓް މުދަލަށް ބޭނުންވާ ޑޮލަރު ދޫކުރާ މިންވަރު 32 އިންސައްތައަށް އިތުރުކޮށްދީފައެވެ. މިއީ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ތަފާސްހިސާބްތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް 300 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އެރުމަކީ އިޤްތިޞާދީ ހަމަޖެހުން ގާއިމުވަމުންދާކަމުގެ ހެއްކެކެވެ. މިއީ ބޭރުގެ ދަރަނިތައް އަދާކުރުމަށާއި، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިމްޕޯޓް ކުރުމަށް އޮތް ބޮޑު ޔަގީންކަމެކެވެ. މި ދުވެލީގައި ރިޒާވް ހިފެހެއްޓިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އިޤްތިޞާދީ ކުރިއެރުމަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: