ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަަޟާން މަހާ ދިމާކޮށް ތަކެތީގެ އަގަށް އަނެއްކާވެސް ބަދަލުތަކެއް!

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތަކަށް ބަދލަުތަކެއް --- ފޮތޯ| ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް މާރުކޭޓުގައި އަގުތަކަށް ރަމަޞާން މަހާ ދިމާކޮށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.

ބާޒާރުމަތީ ސަރަހައްދުގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގެ ބައެއް ގޮޅިތަކުގައި ހުރި ތަކެތީގެ އަގުތަކަށް ބަލާއިރު ރަމަޞާން މަހާއި ދިމާކޮށް އަގު ބޮޑުވެފައިވާ ކަމަށް އެ ސަރަހައްދުގެ ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. އެގޮތުން:

  • އަނބު 80 ރުފިޔާއަށް ކިލޯއެއް
  • ގަބުޅި 35 – 25 ރުފިޔާ
  • ކާށި 30 – 10 ރުފިޔާ
  • އިނގުރު 60 ރުފިޔާ
  • ފިޔާ 20 ރުފިޔާއަށް ކިލޯ
  • ލޮނުމެދު 40 ރުފިޔާއަށް ކިލޯ
  • ޕެޝަން ފުރުޓު 140 ރުފިޔާ
  • ކަރާ 20 ރުފިޔާ
  • ކެޕްސިކަމް 70 ރުފިޔާ
  • ބީންސް 75 ރުފިޔާ
  • ތޮޅި މިރުސް 75 ރުފިޔާއަށް ލިކޯ
  • ކެބެޖު 20 ރުފިޔާ
  • ލުނބޯ 70 ރުފިޔާ

ބައެއް ގޮޅި ތަކުން މައުލޫމާތު ދިން ގޮތުގައި، ރޯދައިގެ ކުރިން ބައެއް މޭވާ އާއި ތަރުކާރީގެ އަގުތައް ކުޑަ ނަމަވެސް މިހާރު އެގުތަކަށް ކުޑަ ފަރަގެއް އައިސްފައިވެއެވެ.

އެގޮތުން މިރުސް، ލުނބޯ އަދި ހާއްސަކޮށް ޕެޝަން ފުރުޓު ފަދަ ތަކެތީގެ އަގަށް ބަދަލުތަކެއް އައިސް މިހާރު އެ އަގުތައް އިތުރު ކަން ވަނީ ފާހަގަކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: