ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލަރޓް ލެވެލް މަތިކުރުމުން ފަތުރުވެރިކަމަށް އަސަރުކުރާނެ: ސައީދު

Alert level mathikurumun fathuruverikama asaru kuraane: @em_saeed
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވެލް މަތިކުރުމަކީ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކޮށްފާނެ ކަމެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ޕީޕީއެމްއިން ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ސައީދު ވިދާޅުވީ ހައްދު ފަހަނައަޅާފައިވާ މީހުން ތިބި ކަމަށް ބުނެ ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން ދައްކާ ވާހަކައިގެ ވާނުވާ ނޭނގޭ ކަމަށާ، ހުރިހާ ކަމެއްވެސް އޮޅުވާލާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، މިދިޔަ ސަރުކާރާއި ދުނިޔޭގެ ބޮޑެތި އެއަރލައިންތަކާއި ވަރަށް ބޮޑަށް ގުޅުން އޮންނަ ކަމަށާ، އެލަރޓް ލެެވެލް 2އަށް ބަދަލުކޮށް، އެމްއެންޑީއެފްއިން ރާއްޖޭގައި ފެށި އޮަޕަރޭޝަންގެ ސަބަބުން އެ ފަރާތްތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށް ސައިދު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަން ޕީކް ސީޒަންއަށް ވާއިރު އެކަމަށް ނުބަލާ އެލަރޓް ނެރުމުން ކަންބޮޑުވެވަޑައިގަންނަވާކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި އެއަރލައިންއެއް ގޮއްވާލަން އެބަތިބި ކަމާއި، ހައްދު ފަހަނައަޅާފައިވާ މީހުން ރާއްޖޭގައި ތިބި ކަމަށް ބުނުމުންވާ ގެއްލުމުން އަސަރު ކުރާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: