ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓޯނިއާގެ 108ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލްގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި މެސެޖުގައި އެސްޓޯނިއާގެ ވެރިންނަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށާއި ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި އަހަރަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ޚާއްޞަކޮށް ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތައް އިތުރުވެ، އެއްގައުމު އަނެއް ގައުމަށް އޮންނަ އިތުބާރާއި ދޭދޭ ގުޅުން ވަރުގަދަވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވަނީ ދެއްވާފައެވެ.

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހެވެ. މިއަހަރަކީ އެ ޤައުމުގެ މިނިވަންކަމަށް 108 އަހަރު ފުރުނު އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: